1444 ވަނަ އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި އޭޕްރިލް 21، 22 އަދި 23 ވާ ދުވަސްތަކުގައި އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައި.ޕީ.ޑީ އަދި އިމަރޖެންސީ ޚިދުމަތްތަައް ފިޔަވައި) ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ކުރިއަށްއޮތް ބަންދުދުވަސްތަކުގައި އޯ.ޕީ.ޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.