ޙިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗުން ހުޅުވާލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ޙިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗުން ހުޅުވާލަނީ

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޙިތާނު ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމައްޓަކައި 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޙިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަން އައިޖީއެމްއެޗުން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ ނަން ނޯޓް ކުރުން ކުރިއަށްދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރުން ކަމަށެވެ.

މި ހޮސްޕިޓަލުން ޙިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 405 ކަމަށްވާތީ މި އަދަދު ހަމަވުމުން ނަންނޯޓުކުރުން ހުއްޓާލެވޭނެ ކަމަށާއި ޙިތާނު ކުރުން ކުރިއަށް ދާނީ 24 ޖޫން 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓުކުރާ ތަރުތީބުންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު މި ހޮސްޕިޓަލުގެ ސާރޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅުއްވުން ވަނީ އެދިފައެވެ.

 

 

މިއަދު އޮންލައިން