ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޤުރްއާން ހުޅުވާލައި މިމަގުން ޢަމަލުކުރާ މީހާ ހުންނާނީ އަބަދުވެސް އުފަލުގައެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޤުރްއާން ހުޅުވާލައި މިމަގުން ޢަމަލުކުރާ މީހާ ހުންނާނީ އަބަދުވެސް އުފަލުގައެވެ! އިން ޝާ ﷲ

އަހުރެމެން ކޮންމެ މުސްލިމަކުވެސް ޤުރްއާނަށް ލޯބިކުރަމުއެވެ. ކިޔަވަމުއެވެ. މާނަވެސް ކިޔަމުއެވެ. އަހުރެންގެ އޮތީ އެންމެ ސުވާލެކެވެ. މާނަ އެނގުމުން މިއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަން ވިސްނި ތިމާގެ އުޅުމަށް އެއްވެސް ބަދަލެއް ގެނެވޭ ހެއްޔެވެ؟ 

ގެނެވޭނަމަ އެމީހަކީ ވަރަށް ކާމިޔާބު މީހެކެވެ. ނުގެނެވޭނަމަ މައްސަލައެއް އެބަ އުޅެއެވެ. އެކަން ދެނެގަންނާށެވެ. އެއީ ތިމާގެ ކިބައިހުރި ކޮންމެވެސް އުނިކަމަކުން ނުވަތަ އުނިސިފައަކުން ކަމަށް ޤަބޫލުކޮށް އަވަހަށް އެކަމެއް އިޞްލާޙްކޮށްލާށެވެ. 

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޤުރްއާން ހުޅުވާލައި މާނަކިޔަންފަށާށެވެ. ކިޔަވަމުންދާވަރަކަށް ހިތަށް ލުއިކަން ލިބޭނެތެވެ. އިން ޝާ ﷲ. އެންމެ މުހިންމު ކަމަކީ މާނަ އެނގުމުން އެއާޔަތެއްގައިވާ ގޮތަށް ޢަމަލުކުރުމެވެ. 

އެވަރުންވެސް ފުއްދައިނުލާށެވެ. މިއީ ތިމާއަށް ކުރިމަތިވެފައިވާ ޙާލަތާއި ގުޅުންހުރި އާޔަތެއްކަމަށް ވިސްނިއްޖެނަމަ އެއާޔަތުގެ ތަފްސީރު ހޯދާށެވެ. އިންޓަރނެޓުންވެސް އަދި ފޮތްތަކުންވެސް ފެންނާނެއެވެ. 

އިތުރަށް ފަސޭހަކޮށްލަން ބޭނުންނަމަ އެކަމަކާއި ގުޅުންހުރި އާޔަތްތަކަކީ ކޮބައިކަންވެސް ހޯދައިލާށެވެ. އެއިރުން އެކަމަކާއި ގުޅިގެން ހުރި ވަޙީބަސްފުޅުތައް ފެންނާނެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކާއި ގުޅިގެންވެސް އާޔަތްތައް ހުންނާނެއެވެ. އެއާޔަތްތަކުގައިވާ ކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކުރާށެވެ. އެއަށްވުރެ މޮޅު ގޮތެއް ނުފެންނާނެކަން ޔަޤީންކުރާށެވެ. 

މިމަގުން ޤުރްއާނާއި ގުޅުން ބަދަހިކޮށް ޢަމަލުކުރެވިއްޖެނަމަ އެމީހަކު އަބަދުވެސް ހުންނާނީ ޙައްޤު މަގުގައެވެ. ހިތަށް ހަމަޖެހުން ލިބިގެންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން