ދުވާލުކުރަންޖެހޭ މަސައްކަތް ފުރިހަމައަށް ކުރެވުމުގެ އިތުރުން ރަނގަޅު ޞިއްޙަތަކަށް އެދޭމީހާ އަވަހަށް ނިދަން އާދަކުރަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުވާލުކުރަންޖެހޭ މަސައްކަތް ފުރިހަމައަށް ކުރެވުމުގެ އިތުރުން ރަނގަޅު ޞިއްޙަތަކަށް އެދޭމީހާ އަވަހަށް ނިދަން އާދަކުރަން ޖެހޭނެ!

ރަނގަޅު ޞިއްޙަތަކަށް އެދޭ މީހާ އާއި ދުވާލުގެ މަސައްކަތް ފުރިހަމައަށްކޮށް ތަނަވަސްކަން އިތުރުކުރަން ބޭނުންވާ މީހާ އަވަހަށް ނިދަންޖެހޭނެކަމަށް ޑޮކްޓަރުން ބުނާކަން އެއީ އިސްލާމް ދީނަށް ލިބިގެންދާ ވަރަށް ބޮޑު ނަޞަރެކެވެ.

މިގޮތުންބަލާއިރު ޢިޝާ ނަމާދުގެ ކުރިން ނުނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ކަމެކެވެ. މަތިވެރި ސުންނަތެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލާހުރުމެއް ނެތެވެ.

މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ.

"ތަނަވަސްކަން އިތުރުވާ" ސަބަބެއް ކަމަށް ބުނަން މިޖެހެނީ ރަނގަޅަށް ނިދިލިބިފައިވާނަމަ އެމީހަކު ދުވާލުކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކުރެވޭނެތީއެވެ. ވަރުބަލިވުން ކުޑަވާނެތީއެވެ. މަސައްކަތް ފުރިހަމައަށް ކުރެވުމުން ލިބޭ އާމްދަނީ އިތުރުވާނެތީއެވެ.

މި ޢިބާރާތް އެންމެ ފުރިހަމަވާނީ "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން