ކަންބޮޑުވުންތައް ކުރިމަތިވުމުން ކުރިއާ މިހާރުގެ ތަފާތު: ޙައްލު ހޯދޭނީ އަމިއްލައަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކަންބޮޑުވުންތައް ކުރިމަތިވުމުން ކުރިއާ މިހާރުގެ ތަފާތު: ޙައްލު ހޯދޭނީ އަމިއްލައަށް!: މުފްތީ މެންކް

ކޮންމެ މުސްލިމަކުވެސް ޔަޤީންކުރާށެވެ! ތިބާއަށް ކުރިމަތިވި މައްސަލައަކީ ބަލިމަޑުކަމެއް ނަމަވެސް، ލޯބިވާ އެއްޗެއް، މީހަކު އަތުން ބީވެގެން ދިއުން ނަމަވެސް، ލޯބިވާ މީހަކު ދުނިޔެއާއި ވަކިވެގެންދިއުން ނަމަވެސް، ހިތާމަވެރި ޙާލަތެއް ކުރިމަތިވުން، ދިރިއުޅުމުގައި އެކަނިވެރިވުން ނަމަވެސް އަދި މިނޫން ކަމެއް ނަމަވެސް އެކަމަކުން ކުރިމަތިވާ ދަތިތަކާއި ހިތްދަތިކަމުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކޮށް ދެއްވަވާނެތެވެ. 

ކޮންމެ މުސްލިމަކުވެސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނެގެ ޙަޟްރަތުން ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. އެކަންކުރުމާއިއެކު ދުޢާކުރުމެވެ. 

ކަންކަން ކުރިމަތިވަނީ މިއަދަކު ނޫނެވެ. ހުރިހާ ޒަމާންތަކެއްގައި މީސްތަކުން އިމްތިޙާން ކުރެއްވެވިއެވެ. އެހެންވެ އަބަދުވެސް ކަންކަން ކުރިމަތިވެއެވެ. ނަމަވެސް މުސްލިމުން ޙައްޤު ގޮތުގައި ތިބިއިރު ކަންބޮޑުވާންޖެހުނަސް އެކަމަކީ މާބޮޑުކަމެއްގެ ގޮތުގައި ނުދެކި ކެތްތެރިވާން މަސައްކަތްކުރީއެވެ. މިއަދު ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާ އާއި ދުރުހެލިވެވުމުން ކަންބޮޑުވުންތައް އެތައް ގުނައަކަށް އިތުރުވެގެންދަނީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިމްތިޙާންތައް ކުރިމަތި ނުކުރައްވަވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. މިވާހަކަތައް އަބަދުހެން ދައްކަން މިޖެހެނީ ކަންބޮޑުވުންތައް ކުރިމަތިކުރައްވަވާތީ ކަންބޮޑުވެގެނެއް ނޫނެވެ. 

ﷲ ތަޢާލާއަށް އަދާކުރަންޖެހޭ އަހުރެމެންގެ ކިޔަމަންތެރިކަން ކުޑަވާތީ އެކަން ރަނގަޅުކުރަން ހިތްވަރުދޭށެވެ. އެކަން އިޞްލާޙްކުރެވިއްޖެނަމަ އެމީހަކު ހުންނާނީ އަބަދުވެސް ހިތްހަމަޖެހިގެންނެވެ. އިން ޝާ ﷲ 

ޚުލާޞާއަކީ ކަންބޮޑުވުންތައް ކުރިމަތިވުމުން ކުރިއާއި މިހާރުގެ ތަފާތު މިބުނީއެވެ. ޙައްލު ހޯދޭނީ އަމިއްލައަށެވެ! މަސައްކަތްކުރުމުން ހިތްވަރުދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން