ކީތަންމެ ގާތް މީހަކަށްވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 2: ތިމާގެ އުނި ސިފަތަކާއި ބަލިފައިތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކީތަންމެ ގާތް މީހަކަށްވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 2: ތިމާގެ އުނި ސިފަތަކާއި ބަލިފައިތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

ތިމާގެ ކިބައިގައި އުނި ސިފަތަކާއި ބަލިފައިތައް ކިޔައިދީގެން ނުވާނެއެވެ. އެކަންކަން އެނގުމުން ތިބާއަށް ގެއްލުންދޭން އެކަމުގެ ބޭނުން ހިފުމަކީ ގާތްކަމެކެވެ. އުނި ސިފަތަކެއް ނެތް އެކަކުވެސް ނުހުންނާނެއެވެ. 

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުންނާނެއެވެ. އެކަމަކުވެސް ގިނަ މީހުން އެކަން ޤަބޫލެއް ނުކުރާނެއެވެ. ޤަބޫލުކުރާނީ ތިމާއަކީ އެންމެ ފުރިހަމަ މީހާ ކަމަށެވެ. އެހެން މީހުންގެ ކިބައިގައި ހުންނަ އުނިސިފަތައް އޮޅުންފިލުވައި އެކަންކަމުގެ ވާހަކަ ދައްކަމުން އެ ހިނގަނީ އެހެންވެގެންނެވެ. 

މީގެ އިތުރުން ތިބާ ކަންކަމަށް ކުރިމަތިލުމުން ތިބާގެ ކިބައިގައި ހުންނަ އުނިސިފަތައް ހާމަކޮށް އެކަމަކަށް ހުރަސް އެޅުންވެސް އެއީ ކުރާ ކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ތިމާގެ ކިބައިގައި ހުންނަ އެބާވަތުގެ ކަންކަމުގެ ވާހަކަ ހަމަ އެކެއްގެ ގާތުގައިވެސް ކިޔައި ނުދިނުމެވެ. 

ތިމާގެ ކިބައިގައި އުނި ސިފައެއް ހުންނަކަން އިޙްޞާޞްކުރެވޭނަމަ އެކަމެއް އިޞްލާޙްކުރަން އަމިއްލައަށް މަސައްކަތްކުރާށެވެ. އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދާށެވެ. އެހެން މީހުންގެ ކިބައިން މައުލޫމާތު ހޯދާއިރުވެސް އެއީ ތިމާގެ ކިބައިގައި ހުރި އުނިސަފައެއްކަން ބަޔާންނުކުރާށެވެ. އެކަން ސިއްރުކުރާށެވެ.

 

މިއަދު އޮންލައިން