ހުވަފެން ތަރުޖަމާކުރަން މީހުންގެ ގާތަށް ހިނގުމުގެ ބޭނުމެއް ނެތް! ހުވަފެން ތަރުޖަމާކުރަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހުވަފެން ތަރުޖަމާކުރަން މީހުންގެ ގާތަށް ހިނގުމުގެ ބޭނުމެއް ނެތް! ހުވަފެން ތަރުޖަމާކުރަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ!: ޑރ. ޔާސިރު ޤާދީ

އެއްވެސް ބާވަތެއްގެ ހުވަފެނެއް ފެނުމުން މާނަކުރަން މީސްމީހުންގެ ގާތަށް ނުހިނގަންވީ ބައެއް ސަބަބުތައް ބުނެލާނަމެވެ!

ހުވަފެނެއް ފެނިގެން ހޭލެވޭއިރު ބިރުވެރިކަން ނެތްނަމަ އެއީ ﷲ ތައާލާގެ ޙަޟްރަތުން ފެންނަ ހުވަފެނެކެވެ. އެފަދަ ހުވަފެނުގައި މީހާއަށް ފަހުން ލައްވަވާނެ ރަޙްމަތް ވެސް ފެނިދާނެއެވެ.

އަދި (ތަޢާލާ އަންގަވައި ދެއްވެވުމުން މެނުވީ) އެއްވެސް މީހަކަށް ހުވަފެން މާނަކުރާކަށް ނުއެނގޭނެއެވެ. ރަސޫލް ﷺ އަށް ފެނިވަޑައިގެންނެވި ހުވަފެން ފުޅެއް ތަރުޖަމާކުރެއްވެވުމުގެ ހުއްދައަށް އަބޫބަކުރުގެފާނުގެ އެދިވަޑައިގަތުމުން ހުއްދަ ދެއްވެވިއެވެ. އަދި ތަރުޖަމާ ކުރެއްވެވުމަށްފަހު ތަރުޖަމާ ކުރެއްވެވުނީ ރަނގަޅަށްތޯ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ ބައެއް ކަންކަން ރަނގަޅު ކަމަށެވެ. އަދި އަނެއްބައި ކަންކަން ރަނގަޅު ނޫން ކަމަށެވެ.

އަބޫބަކުރުގެފާނަށް ނުކުރެއްވެވުނު އެފަދަ ކަމެއް އެހެން އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމަށް ޤަބޫލެއް ނުކުރަމެވެ. ވީމާ މީސްމީހުންގެ ގާތު ހުވަފެނުގެ މާނަ އަހަމުން ހިނގުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

މިސާލަކަށް ހުވަފެނުގައި މީހުން މިލާ ލިބާސް ނުވަތަ ގަމީހުގެ މިނުން އެއީ އެމީހާގެ ދީންވެރިކަން ހުރިވަރުކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ނަމަވެސް އެއީ ކޮންމެ ހުވަފެނަކަށް ނޫނެވެ. އެހުވަފެނަށެވެ. ހުވަފެނުގައި ފެންނަ ކަންކަމަކީ އެއް ހުވަފެނުން އަނެއް ހުވަފެނަށް ބަދަލުވާ އެއްޗެކެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން