އަންހެނުން ހިލޭ ފިރިހެނުންގެ ތެރެއަށް ނުކުންނަނަމަ ހުވަނދުލެވޭނެ މިންގަނޑާ ނަމާދަށް މިސްކިތަށް ދިއުމުގަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަންހެނުން ހިލޭ ފިރިހެނުންގެ ތެރެއަށް ނުކުންނަނަމަ ހުވަނދުލެވޭނެ މިންގަނޑާ ނަމާދަށް މިސްކިތަށް ދިއުމުގަ ޢަމަލުކުރަން އޮތް ގޮތް-

"އެއްވެސް އަންހެނަކު މިސްކިތަށް ދިއުމަށްޓަކައި ހުވަނދުލައިގެން ގެއިން ނުކުމެއްޖެނަމަ، ނުވަތަ ގެއިން ނުކުމެއްޖެ ހިނދު، އަލުން އަނބުރައި ގެއަށް ގޮސް ޖުނުބަށް ހިނައިގަންނަ ފަދައިން ހިނައިގެންފުމަށްދާންދެން ﷲ ޢައްޒަ ވަޖައްލަ އެ އަންހެނާގެ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާހުއްޓެވެ. (އެބަހީ: އޭނާގެ ހަށިގަނޑުގައިވާ ހުވަނދުގެ އަސަރު ފިލުވައިލުމަށް ދާންދެނެވެ.)

(ޙަދީޘް ރިވާ ކުރައްވަވާފައިވަނީ އަބޫހުރައިރާގެ އަރިއަހުން އިމާމް އަހްމަދު އެކަލޭގެފާނުގެ މުސްނަދުގައި)

ހުވަނދުލައިގެން ހުރި އަންހެނަކާއި ބައްދަލުވެވަޑައިގަތުމުން އޭނާ އާއި ސުވާލުކުރައްވަވައި އޭނާ ދަނީ މިސްކިތަށް ކަމަށް ދެންނެވުމުން މިހަދީޘްފުޅު ވިދާޅުވެ، އެނބުރި ގެއަށް ގޮސް ހިނައިގަތުމަށް އަބޫހުރައިރާ ވިދާޅުވިކަމަށްވެސް ރިވާޔަތެއްގައިވެއެވެ.

މި ޙަދީޘްފުޅާއިމެދު ޢިލްމްވެރިން ބަޔާން ކުރައްވަވަނީ ހުވަނދުލައިގެން މިސްކިތަށް ގޮސް ނަމާދުކުރި ނަމަވެސް ފަރުޟު އަދާކުރިކަމަށްވާނެ ކަމަށާއި ނަމަވެސް ނަމާދުން ލިބެން ހުރި އިތުރު ސަވާބު ނުލިބޭނެ ކަމަށެވެ.

އެގޮތުން ދުޢާ ޢިޖާބަ ކުރެއްވެވުމަށް މަގުފަހިވުމާއި ރިޒްޤް ތަނަވަސްވުމާއި ހަށިގަނޑަށް ލިބެންޖެހޭ ކަސްރަތު ފަދަ ފައިދާތައް ނުލިބޭނެ ކަމަށެވެ. ޖުމުލަގޮތަކަށް ބުނާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ބޮޑު ބައެއް އުނިވެގެންދާނެ ކަމަށެވެ.

ވިސްނާލަންޖެހޭ ކަމަކީ އަންހެނުންނަށް އެކަނބަލުންގެ އަމިއްލަނަފްސަށް ވަސްދުވާވަރަށް، ހިލޭ ފިރިހެނުންނަށް ވަސްނުދުވާވަރަށް ހުވަނދުލުން ހުއްދަކަމެވެ. ބޭރަށް ވަސްނުދުވާވަރަށް ގައިގައި ހުވަނދުލެވޭނެ ކަމެވެ. މަނާވެގެންމިދަނީ ފޭރާމަށް ސެންޓުޖަހައި ހިލޭ ފިރިހެނުންނަށް ވަސް ދުއްވުން ކަމެވެ. ހިލޭ ފިރިހެނުންނަށް ވަސްދުވާވަރަށް ހުވަނދުލައިގެން މަގުމަތީގައި ނުވަތަ އެނޫންތަނެއްގައިވެސް އުޅުން އެއީ ޒިނޭކުރުން ކަމަށްވެސް ޙަދީޘްފުޅުގައި އައިސްފައިވެއެވެ.

"ދެން އަންހެނުން މަގުމައްޗަށް ނުކުނަންނަންވީ ގައިން ކުނިވަސް ދުއްވަމުންތޯ؟" ކުރާ ސުވާލުގެ ޖަވާބަކީ ހަށިގަނޑުން މީރުވަސް ދުއްވަންވީ ހިލޭ ފިރިހެނުންނަށް ނުފޯރާނެ ވަރަށް ކަމެވެ. އެމީހަކަށް ވަސްދުވާނެ ވަރަށް ހުވަނދުލައި ސާފުތާހިރު ފޭރާންލައިގެން ނުކުތުމުން ކުނިވަހެއް ނުދުވާނެއެވެ.

ވީމާ މިކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

--ޝައިޚް އިބްރާހީމް ފަރީދު ގުޅުން ހުރި ވީޑިއޯ: (ވީޑިއޯ ލާނީ މިއަދަށް އަޕްލޯޑްކޮށްފަ) https://www.facebook.com/MarriageSunnah/videos/458667725260403


މިއަދު އޮންލައިން