ފިރިންގެ ކިބައިން އަނބިން އެންމެ ބޮޑަށް ބޭނުންވާ 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފިރިންގެ ކިބައިން އަނބިން އެންމެ ބޮޑަށް ބޭނުންވާ 2 ކަންތައް-

ޙަޤީޤީ ފިރިންނަކީ ކައިވެނިކުރުމަށްފަހު އަނބިމީހާއާއިއެކުގައި މުޅި ހަޔާތް ހޭދަކުރަން ނިންމާ ފިރިންނެވެ. އަދި ޙަޤީޤީ އަނބިންނަކީ ފިރިމީހާއަށް ފުރިހަމައަށް އިތުބާރުކުރާ އަނބިންނެވެ.

މިކަންކަމަށް ވަރަށް ބޮޑު ޝަރުޠެއް ވެއެވެ. އެއީ ފިރިމީހާ އޭނާގެ ވާޖިބުތައް އަދާކުރުމެވެ. ފިރިއެއްގެ ވާޖިބު އަދާކުރުމަކީ އެމީހެއްގެ ކިބައިގައި ފެންވަރުހުރިވަރަކުން އަނބިމީހާގެ ބޭނުންތައް ފުއްދައިދިނުމެވެ. 

އަނބިންގެ އިތުބާރު ބޭނުންވާނަމަ މިބުނިފަދައިން ޢަމަލުކުރަންޖެހޭނެއެވެ. ބޭނުންތައް ފުއްދައި ދިނުމުގެ މާނައަކީ ހަމައެކަނި ކާންބޯން ދިނުމާއި އުނުއަންނައުނު ދިނުމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ބަލިވުމުން އަޅައިލުމާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ހިތްވަރުދިނުމެވެ. 

އެހެންވެ ބަލިވުމުން އަޅައިލުމާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ހިތްވަރުދިނުން ވެފައިއޮންނަނީ ފިރިންގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާ 2 ކަންތައް ކަމުގައެވެ. އެހެންކަމާއިއެކުގައިވެސް މި2 ކަންތަކަށް ދޭންޖެހޭ ސަމާލުކަން ދެވޭ ފިރިން ދަނީ މަދުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން މިދަނީ ގިނަވަމުންނެވެ. 

އަންތބެއްގެ ހިތުގައި ފިރިމީހާގެ މައްޗަށް އިތުބާރު އުފެދިއްޖެނަމަ އެފިރިއަކަށްވުރެ އުފަލުގައި ހުރެވޭނެ މީހަކު ނުހުންނާނެއެވެ. އެފަދަ އަނބިން އަބަދުވެސް، އަދި ކޮންމެ ޙާލަތެއްގައިވެސް ފިރިމީހާ އާއިއެކު ޘާބިތުވެތިބޭނެއެވެ.

ކިތަންމެ ފުރިހަމައަށް ކަންކަން ކޮށްދިނަސް ޝުކުރުވެރިނުވާ ބައަކު އަބަދުވެސް ތިބޭނެއެވެ. އެމީހުންގެ ވާހަކަ ދައްކަންވެއްޖެނަމަ ޝުކުރުވެރިވާ، ރަނގަޅު މީހުންގެ ވާހަކަ ދައްކާނެ ވަޤުތެއް ނުއޮންނާނެއެވެ. ވީމާ އެމީހުންގެ މައްސަލަތައް މުޅިން ވަކި މައްސަލައެއްގެ ގޮތުގައި ބޭއްވުން ނޫން ގޮތެއް ނުއޮންނާނެއެވެ. އެހެނީ މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރިނަމަވެސް ކޮންމެވެސް ގޮތަކުން ކޮންމެވެސް ބައަކު އަބަދުވެސްދާނީ ފޭލްވަމުން ކަމަށްވާތީއެވެ. 

- އަލަފް

މިއަދު އޮންލައިން