ދީނަށް ޢަމަލުކުރާ އަންހެނުން ހޯދައިގެން ކައިވެނިކުރުމަކުން ނުފުދެއެވެ! ފިރިމީހާގެ މައްޗަށް ހުރި ވާޖިބުތައް ބައިވަރެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދީނަށް ޢަމަލުކުރާ އަންހެނުން ހޯދައިގެން ކައިވެނިކުރުމަކުން ނުފުދެއެވެ! ފިރިމީހާގެ މައްޗަށް ހުރި ވާޖިބުތައް ބައިވަރެވެ!

ކައިވެނިކުރަންއުޅޭއިރު އަންހެން މީހާއަކީ ދީނަށް ލޯބިކުރާ ތަޤްވާވެރިއެއްކަން ގިނަ ފިރިހެނުން ބަލާނެއެވެ. އެއީއަކީ މައްސަލައެއްވެސް ނޫނެވެ. ކުރަންވެސް ޖެހޭނެ ކަމެކެވެ. ސުވާލަކީ ކައިވެނީގެ ކުރިން އެކަން ބަލައިލުމުން އެއީ މައްސަލަ ޙައްލުވުން ހެއްޔެވެ؟  

މިޘާލަކަށް ކައިވެނިކޮށް އެކުގައި އެކުގައި ދިރިއުޅެން ފެށުމަށްފަހު އަނބިމިހާއަށް މިފެންނަނީ ފިރިމީހާ ދީނުގެ ކަންކަމަށް ސަމާލުކަން ނުޑޭތަން ކަމުގައިވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ފަތިސްވުމުން ނަމާދުކުރަން ހޭލައްވަން އުޅުމުން ނުހޭލައި ނިދާނަމަ ނުވަތަ އަމިއްލައަށްވެސް ހޭލަން މަސައްކަތް ނުކުރާނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟   

ހަމައެއާއިއެކު ދުވަސް ފެށި ނިމިގެންގޮސް ނިދާވަޤުތު ޖެހޭއިރު އެދުވަހު އަނބިމީހާ ކިތައް ނަމާދުކުރިކަން ބަލައިނުލެވޭނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ ދަރިން ލިބި ދަރިން ބަލަން ފެށުމުން ނަމާދުކުރާނެ ވަޤުތު އަނބިންނަށް ހޯދައި ނުދެވޭނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟  

މިފަދަ ވާހަކަތައް ފިރިންނާއި އަޅުވައިގެން ދައްކަންޖެހެނީ އަނބިންލައްވައި ނަމާދުކުރުވުމާއި އެހެންވެސް އަޅުކަން ކުރުވުމަކީ ފިރިމީހާގެ ޒިންމާއަކަށްވާތީއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

(އައްތަހްރީމް: 6)  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން