ކިތަންމެ ގާތް މީހަކަށް ނަމަވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 3: ތިމާގެ ކިބައިގައި ހުރި އުނި ސިފަތަކާއި ބަލިފައިތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކިތަންމެ ގާތް މީހަކަށް ނަމަވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 3: ތިމާގެ ކިބައިގައި ހުރި އުނި ސިފަތަކާއި ބަލިފައިތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

އެއްވެސް މީހަކަށް އެމީހަކު ޙާޞިލުކުރަން ބޭނުންވެގެން މަސައްކަތްކުރާ ހުރިހާ ކަންކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ކިތަންމެ ވަރަކަށް ބޭނުންވިޔަސް، ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ކާމިޔާބު ނުކުރެވޭ ކަންތައްތަކެއް ހުންނާނެއެވެ.  

ވީމާ ތިމާއަށް ޙާޞިލުނުކުރެވުނު ކަންކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށެވެ. އެފަދަ ވާހަކަތައް ބުނުމުން ލިބޭނެ އެއް ގެއްލުމަކީ ތިބާއަކީ ތިބާއަކީ ޙާޞިލުކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވޭ މީހެއް ކަމަށް ބަލައި ފުރުޞަތު ދޭން މީހުން ފަސްޖެހުމެވެ. މިއީ ވަޒީފާތަކަށް ކުރިމަތިލުމުން ވަރަށް ބޮޑު ދެރައެއް ލިބިދާނެ ކަމެކެވެ.

އެއިގެ އިތުރުން ލޯބީގެ ގޮތުން ގުޅެން މަސައްކަތްކުރުމުން ކާމިޔާބު ނުކުރެވުނު މީހުންގެ ވާހަކަވެސް ނުދައްކާށެވެ. އެފަދަ ވާހަކަތައް ދައްކާނަމަ ފަޟީޙަތްވުން އޮންނާނީ ދާދި ގާތުގައެވެ.  

އެފަދަ ކަންކަމުގެ ވާހަކަ ނުދައްކަންވީ އެންމެ ބޮޑު އެއް ސަބަބަކީ ލޯބިވެރިއަކަށް ހަދަން ވިސްނި މީހާ އާއި ނުގުޅެވި އެދިއައީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ނޫނީ ނުވާނެއެވެ. އިން ޝާ ﷲ. ބައިވެރިއަކަށް ހަދަން މަސައްކަތްކުރާ މީހުންނާއި ނުގުޅެވެނީ އެކަމުން ތިމާއަށް ކުރާނެ ފައިދާއަކަސްވުރެ ލިބިދާނެ ގެއްލުން ބޮޑުވީމައިކަން ޤަބޫލުކުރާށެވެ. އަދި އެފަދަ ވާހަކަތަކަކީ ހަމަ އެއްވެސް މީހަކާއި ޙިއްޞާ ނުކުރާނެ ވާހަކަތަކަށް ހަދައި ސިއްރުކުރާށެވެ!

 

މިއަދު އޮންލައިން