ޟުޙާ ނަމާދުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް-

ކިޔުމަށް ހޭދަވާނީ 4މ 2ސ
ޟުޙާ ނަމާދުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް-

ޢާއިޝަތު ރަފާޙް ޢަލީ 

 

ޟުޙާ ނަމާދަކީ ސުންނަތްކަން ވަރަށް ގަދަވެގެންވާ ނަމާދެކެވެ. އެގޮތުން މި ލިޔުމުގައި މިބަލާލަނީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޟުޙާ ނަމާދުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘުފުޅުތަކަށެވެ. 

·  ރަސޫލާ މުޙައްމަދު ޞައްލަ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ.

أَوْصَانِي خَلِيلِي بثَلَاثٍ لا أدَعُهُنَّ حتَّى أمُوتَ: صَوْمِ ثَلَاثَةِ أيَّامٍ مِن كُلِّ شَهْرٍ، وصَلَاةِ الضُّحَى، ونَوْمٍ علَى وِتْرٍ.

މާނައީ: “އަހަރެންގެ ޚަލީލު (ނަބިއްޔާ صلى الله عليه وسلم) އަހަރެންނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. އަދި ތިމަންކަލޭގެފާނު އަވަހާރަފުޅުވެއްޖައުމަށް ދާންދެން އެކަންތައް ދޫނުކޮށް ކުރައްވާނަމެވެ. އެއީ ކޮންމެ މަހެއްގައި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދު ކުރުމަށާ އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށެވެ.”

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

·  އަބޫ ޛައްރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ.

يُصْبِحُ علَى كُلِّ سُلَامَى مِن أَحَدِكُمْ صَدَقَةٌ، فَكُلُّ تَسْبِيحَةٍ صَدَقَةٌ، وَكُلُّ تَحْمِيدَةٍ صَدَقَةٌ، وَكُلُّ تَهْلِيلَةٍ صَدَقَةٌ، وَكُلُّ تَكْبِيرَةٍ صَدَقَةٌ، وَأَمْرٌ بالمَعروفِ صَدَقَةٌ، وَنَهْيٌ عَنِ المُنْكَرِ صَدَقَةٌ، وَيُجْزِئُ مِن ذلكَ رَكْعَتَانِ يَرْكَعُهُما مِنَ الضُّحَى. 

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ހެނދުނު ކުރަނީ އެމީހެއްގެ (ހަށިގަނޑުގައިވާ) ކޮންމެ ހުޅަކަށް ޞަދަޤާތެއްވާ ޙާލުގައެވެ.  ފަހެ، ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ. އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

މިއަދު އޮންލައިން