އަހުރެންގެ ދަރިފުޅުގެ ކުއްލިނިމުމުން ލިބުނު ހިތާމައިން މިންޖުކޮށްދިން އާޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އަހުރެންގެ ދަރިފުޅުގެ ކުއްލިނިމުމުން ލިބުނު ހިތާމައިން މިންޖުކޮށްދިން އާޔަތް-

އަހުރެންނަށް ލިބުނީ އެންމެ އަންހެން ދަރިފުޅެކެވެ. އޭނާ ބަލައި ބޮޑުކޮށް ތަރުބިއްޔަތުކުރީ އަހުރެންނަށް ވީހައި ރަނގަޅަކަށެވެ. ކައިވެނިކުރުމުން ފިރިމީހާ ޢާއި ޙަވާލުކުރީ އަމާނާތްތެރިކަމާއިއެކުގައެވެ. 

3 އަހަރުފަހުން ބަލިވެ އިނުމުން ހުރީ ވަރަށް އުފަލުންނެވެ. އެއިރު ދެމަފިރިން ދިރިއުޅެނީ ވަކިންނެވެ. އެހެންކަމާއިއެކުވެސް އެގެއަށް ޒިޔާރަތްކޮށް ދަރިފުޅުގެ ޙާލު ބަލަމެވެ. 

ކަންދިމާވިގޮތުން ވިހަން ހޮސްޕިޓަލަސް ދާންޖެހުނީ ކުއްލިއަކަށެވެ. އެކަމަކުވެސް އަހުރެންނަށް އެންގުމުން ވަގުތުން ހޮސްޕިޓަލަށްދާން ކާރަކަށް އެރީމެވެ. ތަނަކޮޅަކަށް ދެވުނުތަނާ ދަރިފުޅުގެ ފިރިމީހާ ގުޅާފައިބުނީ އިންނާލިﷲ ވައިންނާ އިލައިހި ޖާޖިޢޫންއެވެ. 

ވީގޮތެއް ނުއެނގުނެވެ. އެނގުނުވަރަކީ ދެމައިންކުރެ އެކަކު މަރުވެއްޖެކަމެވެ. މަރުވީ ލިބުނު ދަރިފުޅުކަމެއް އަހުރެންގެ ދަރިފުޅު ކަމެއް ނުއެނގިހުރެ ހޮސްޕިޓަލަށް ދެވުނުއިރު ނިޔާވެ ދުނިޔެ ދޫކޮށްފައިވަނީ އަހުރެންގެ ދަރިފުޅެވެ. 

އެކަމުން ލިބުނު ހިތާމަ އަހަރެއްހައި ދުވަހަށް ދެމިގެންދިއައެވެ. އަހުރެންނަށް ހިތްވަރުލިބި ހަމައަކަށް އެޅުނީ ޤުރްއާނުގެ ޢާޔަތަކުންނެވެ. އެއީ: 

﴿35﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ 

"ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ."

(އަލް އަންބިޔާ: 35) 

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް މިފަދަ އެތައް އިމްތިޙާންތަކެއް ކުރިމަތިކުރައްވަވާނެތެވެ. ފާސްވާން މަސައްކަތްކުރާށެވެ! އެންމެ މުހިންމީ ލޯބިވާ މީހަކު މަރުވުމުން ކެތްތެރިވާން ތަމްރީން ހޯދުމެއް ނޫނެވެ. އެތަމްރީނުވެސް ހޯދުމުގެ އިތުރުން މިއާޔަތުގައިވާ ފަދައިން ތިމާވެސް ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ޤަބޫލުކޮށް މަރަށް ތައްޔާރުވެގެން ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން