މިސްކިތަށް އަރާ ކޮންމެ މީހަކަށްވެސް މަރުޙަބާކިޔަންވާނެއެވެ! އެމީހަކު ލަދުގަންނަވާލައި މާޔޫސްކޮށްލައިގެން ނުވާނެއެވެ. އެކަމަކުވެސް ބައެއް މީހުންގެ ކިބައިން ކަންކަން ފެންނަނީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ.
މިޘާލަކަށް މިސްކިތަށް އެރިމީހާއަކީ ޢާންމުކޮށް މިސްކިތަށް އަރައި ނުއުޅޭ މީހަކު ނަމަ އޭނާ ލައިގެން ހުރި ފޭރާމުގައި މައްސަލައެއް ހުރެދާނެއެވެ. މިކިޔައިދެނީ އަހުރެން ކުޑައިރު ހިނގި ކަމެކެވެ.
މިސްކިތަށް އެރި މުހިންމު ޒުވާނެކެވެ. އޭނާ ލައިގެންހުރި ޓީޝާޓުގައި ސިންގާއެއްގެ ފޮޓޯއެއް އިނެވެ. އެހެންވެ ބޮޑު އިމާމް އެންމެންގެ ކުރިމަތީގައި ގަދައަޑުން ބުނީ އެބާވަތުގެ ފޭރާން ލައިގެން މިސްކިތަށް ނުއެރުމަށެވެ.
އެތަނުގައި ހުރި ތަންކޮޅެއް ކުޑަ އިމާމަކު އޭނާއަށް ހިތްވަރުދީ މައްސަލަ ޙައްލުކޮށްދޭން މަސައްކަތްކުރިއެވެ. އެފަދަ ޙާލަތުގައި މަތިން ލާނެ ކޯޓު މިސްކިތުގައި ހުރެއެވެ. އެއިން ކޯޓެއް ލައިގެން ނަމާދުކުރުމުން މައްސަލަ ޙައްލުވީއެވެ.
އެޒުވާނާ ގަތް ލަދުން ބުނީ އޭނާ އެންމެންގެ ކުރިމަތީގައި އެގޮތަށް ފަޟީޙަތްކުރީތީ ދެން މިސްކިތަށް ނާރާނެ ކަމަށެވެ. މިލިބުނު ބޮޑު ދެރައަށް ނިކަން ވިސްނައިލަބަލާށެވެ.
މީސްތަކުންނޭވެ! މިފަދަ ކަންކަން ގޭތެރޭގައިވެސް ދިމާވެދާނެއެވެ. ދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ހަރުކަށި ބަސްތައް ނުބުނާށެވެ. ނުއެނގިހުރެ، ނުވަތަ އިހުމާލުން ކުރެވޭ ކަންކަން އެއީ އެހައި ބޮޑު މައްސަލައަކަށް ނުހަދާށެވެ. ޢާއިލާގެ މީހުންގެ ތެރޭގައި ލަދުގަންނަވައިނުލާށެވެ! އެކަނި ބައިންދައިގެން ނަޞޭޙަތްދޭށެވެ! ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން