ފަރުވާތެރިވެލައި ނަރަކައިން ޢަޛާބުލިބޭނެ ގޮތަށް ވުޟޫނުކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފަރުވާތެރިވެލައި ނަރަކައިން ޢަޛާބުލިބޭނެ ގޮތަށް ވުޟޫނުކުރަމާ!

ވުޟޫކުރާއިރު ފެންޖައްސަންޖެހޭ ގުނަވަންތަކުގައި ވީހައި ފުރިހަމައަށް ފެންޖެއްސުމުގެ މުހިންމުކަން ބޮޑުކަމުގެ ވަހަކަތައް އަބަދުވެސް ފިލާވަޅުތަކުގައި ކިޔައިދެމެވެ. ސަބަބަކީ ވުޟޫއަކީ ވުޟޫކޮށްގެން ކުރަންޖެހޭ ހުރިހާ އަޅުކަމެއްގެވެސް ތަޅުދަނޑިކަމަށްވާތީއެވެ. 

މިސްކިތްތަކުގެ އިސްކުރުބަރިން ވުޟޫކުރިނަމަވެސް އަދި ގެއިން ވުޟޫކުރިނަމަވެސް ވުޟޫކޮށް ނިމިގެން ފަޔަށް ފެންލާއިރު ސަމާލުކަން ދޭންޖެހޭނެ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކި ދެއިނގިލި ދޭތެރޭގައި އަތުގެ އިނގިލިތައް އުނގުޅާލައި ރަނގަޅަށް ފެންޖެހުނުކަން ޔަޤީންކުރުމެވެ. 

ދެވަނަ ކަމަކީ ދެފައިތިލައިގެވެސް ފުންނާބުގައި ރަނގަޅަށް ފެންޖެއްސުމެވެ. އެކަމަށް އޮތް ޙަދީޘްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ. 

"ޢަބްދު ﷲ ބިން ޢަމްރު ބިން އަލްޢާޞީ، އަބޫ ހުރައިރާ އަދި ޢާއިޝާ رَضِيَ اللَّهُ عَنْهُمْ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ޙަދީޘް ކުރެއްވިއެވެ: ”ނަރަކައިން ފުންނާބުތަކަށް ހަލާކު ހުއްޓެވެ.“

(އެބަހީ: ވުޟޫ ކުރާއިރު ރަނގަޅަށް ނުދޮވުމުގެ ސަބަބުން، ފަރުވާކުޑަ ކުރާ މީހުންނަށް އަޒާބު ލިބޭނެކަމެވެ.) 

ލޮބުވެތި އެކުވެރިންނޭވެ! ކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުން އޮތީ ކުރާ ވުޟޫ ޞައްހަވަގެނެންވެ. ވީމާ ފުރަތަމަކަމަކަށްވެސް ވުޟޫ ޞައްޙަކުރަން (ޞައްޙަވާނެ މަގުން ވުޟޫކުރަން) މަސައްކަތްކުރަން އެބަޖެހެއެވެ. ހަމައެފަދައިން ވުޟޫ ކުރުމުގައި ފަރުވާކުޑަކުރެވިގެން ޢަޛާބު ނުދެއްވަވާނެ ގޮތަށް ވުޟޫކުރަންވެސް މަސައްކަތްކުރަން އެބަޖެހެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން