ކިތަންމެ ގާތް މީހަކަށް ނަމަވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 4: ތިމާ ކުރަން ޤަޞްދުކުރާ ކަންކަން އެހެން މީހުންނާ ޙިއްޞާ ނުކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކިތަންމެ ގާތް މީހަކަށް ނަމަވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 4: ތިމާ ކުރަން ޤަޞްދުކުރާ ކަންކަން އެހެން މީހުންނާ ޙިއްޞާ ނުކުރުން

އެންމެ ގާތް އެކުވެރިންނާއިވެސް ޙިއްޞާ ކޮށްގެން ނުވާނެ އެއްކަމަކީ ތިމާ ކުރަން ޤަޞްދުކުރާ ކަންކަމެވެ. ކުރިއަށް ކުރަން ރާވާ ކަންކަމެވެ. އެފަދަ ކަންކަން ޙިއްޞާކުރަންވާނީ ހަމައެކަނި ފަންނީ ލަފާ ދެވޭ ފެންވަރުގެ މީހުންނާއިއެވެ. އެއީ އެކުވެރިންނާއި ޙިއްބާކުރުން ރަނގަޅު ވާހަކަތަކެއް ނޫނެވެ. 

ކަމެއް ކުރަން ރާވާނަމަ ފަންނީ މާހިރުންގެ ލަފާ ހޯދާށެވެ. އިސްތިޚާރާވެސް ކުރާށެވެ. ކުރިއަށް ދާން ވިސްނިއްޖެނަމަ ކުރިއަށް ގޮސް ނަތީޖާ ނެރޭށެވެ. 

ކުރިއަށް އެކުވެރިންނާއި ޙިއްޞާކުރާނަމަ ލިބިދާނެ އެންމެ ބޮޑު އެއް ދެރައަކީ އެސްފީނާ އާއި ޙަސަދަވެރިކަމެވެ. އަދި އެކަން ޙާޞިލުވިއަ ނުދޭން މަސައްކަތްކުރާނެ ބައަކު ތިބެދާނެކަން ޤަބޫލުކުރަންވާނެއެވެ. އެއީ ހަމަ މެދުވެރިވަމުން އަންނަ ކަންކަން ކަމުގައި ވާތީއެވެ. 

އެކުވެރިން ނުވަތަ އެންމެ ގާތް މީހުންގެ ތެރޭގައިވެސް ގޮތް ނުއެނގޭ އެތައް ބައަކު ތިބޭނެއެވެ. އެމީހުން ވަކިކުރަން ނުއެނގިދާނެއެވެ. އެއީ އެމީހުންގެ ޢަމަލުތައް ހުންނަ ގޮތުން އެމީހުންގެ ހިތުގައި އޮންނަ ގޮތް ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވެދާނެތީއެވެ.

މިއަދު އޮންލައިން