ޙިޖާބް އަޅާތީ ވަޒީފާގެ ދޮރު ބަންދުވިޔަސް ކަންބޮޑުނުވެ ނަރަކައިގެ ދޮރު ބަންދުވާތީ އުފާކުރާމީހާއަށް މާރަނގަޅު ވަޒީފާ ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޙިޖާބް އަޅާތީ ވަޒީފާގެ ދޮރު ބަންދުވިޔަސް ކަންބޮޑުނުވެ ނަރަކައިގެ ދޮރު ބަންދުވާތީ އުފާކުރާމީހާއަށް މާރަނގަޅު ވަޒީފާ ލިބޭނެ!

ވަޒީފާ ނުލިބޭތީ އެކަމަސް ބިރުން ޙިޖާބް އަލައި ނިވާވާން ބިރުގަންނަ ކަނބަލުންގެ ސުވާލުތައް ގިނަވާތީ ދަންނަވަން އޮތީ ތިރީގައިވާ ލިޔުމަސް ވިސްނަވައިލެއްވުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ

މިހާރަކަށް އައިސް ޙިޖާބް އަޅައި ނިވާވުމުން ވަޒީފާގެ ފުރުޞަތުތައް އެބަ ގެއްލެއެވެ. އަދި ފުރުޞަތު ހަނިވެގެންވެސްދެއެވެ. ނަމަވެސް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމުން މާރަނގަޅު ވަޒީފާ ލިބޭނެއެވެ.

"ޙިޖާބުގެ ސަބަބުން ވަރަށް ގިނަ ފުރުޞަތުތައް ގެއްލި، ވަރަށް ގިނަ ދޮރުތައް ބަންދުވާ ކަމަށް ބުނާ މީހާ ގާތު ބުނާށެވެ! ސުވަރުގޭގެ ދޮރު ބަނދެއް ނުވޭ ނޫންހެއްޔެވެ؟ ޙިޖާބުގެ ސަބަބުން ބަންދުވަނީ ނަރަކައިގެ ދޮރު ނޫންހެއްޔެވެ؟"

ވަޒީފާގެ ބޭނުމުގައި އަޢުރަ ނިވާނުކޮށް ހުރެ ހޯދާ ފައިސާއިން ކުރާނެ ޙަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ! އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހު ތިބާގެ ފާފައިގެ ތިލަފަތް އެކަމުގެ ސަބަބުން ބަރުވެގެންދާތަން ފެނުމުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ! އެވަގުތު މިދައްކާ ހުރިހާ ވާހަކަތަކެއް ތިބާގެ ހިތަށް ވަދެގެންދާނެއެވެ. ޢަމަލުނުކުރެވުނީތީ ދެރަވެ ހިތާމަކޮށް ކަރުނައަޅާނެއެވެ!

ލޮބުވެތި އަޚުތުންނޭވެ! ހޯދަންވީ ތިއަ ކަނބަލުންގެ ހަށިގަނޑު ދައްކައިގެން ލިބޭ މުސާރައެއް ނޫނެވެ! ކުރާ މަސައްކަތުގެ އުޖޫރައެވެ! ސުވަރުގެ ލިބުންވަނީ އެއިރުންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގ ދަރުސަކުން

މިއަދު އޮންލައިން