ދިރިއުޅުން ކުރިއަށް ކޮށްޕާ އެންމެ ބާރުގަދަ އިންޖީނަކީ އަނބިމީހާ ކަމުގައިވެ އެންމެ އުފާވެރި ފިރިމީހާ ކަމުގައި ވެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދިރިއުޅުން ކުރިއަށް ކޮށްޕާ އެންމެ ބާރުގަދަ އިންޖީނަކީ އަނބިމީހާ ކަމުގައިވެ އެންމެ އުފާވެރި ފިރިމީހާ ކަމުގައި ވެވޭނެ މަގު-

ދުނިޔޭގެ ހުރިހާ އުފާތަކެއް ޙާޞިލްކުރެވިގެން ހުންނަން ބޭނުންނަމަ ފިރިންނަށް ކުރަންޖެހޭ 3 ކަމެއްގެ ވާހަކަ ބުނެލާނަމެވެ. 

ފުރަތަމަކަމަކީ ދީނުގައިވާ މަގުން އަނބިން ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ. ރައްކައުތެރިކަން ފޯރުކޮށްދިނުމެވެ. ދެވަނަ ކަމަކީ އެކަނބަލުންނަށްވެސް ޤަދަރުކޮށް އެކަނބަލުންގެ ބޭނުންތަކަށް ސަލާން ޖަހަން ނުޖައްސައި ބޭނުންތައް ފުއްދައި ދިނުމެވެ. ތިންވަނަ ކަމަކީ ޒިންމާދާރުކަމާއިއެކު އަނބިމީހާ ގޮވައިގެން ކުރިއަށް ދަތުރުކުރަން މަސައްކަތްކުރުމެވެ. 

ރަނގަޅު އަންހެނުންނަކީ މި ބުނި 3 ކަންތަކަށް ފިރިމީހާ ސަމާލުކަންދޭނަމަ ފިރިމީހާޢަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވުމަށްވެސް ތައްޔާރަށް ތިބޭނެ ބައެއްކަން އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ.  

ދުނިޔަވީ ނަޒަރަކުން މިވާހަކަތައް ދެއްކި ނަމަވެސް މި 3 ކަންތަކަކީވެސް އިސްލާމް ދީނުގައި ފިރިންގެ މައްޗަށް ލާޒިމްކުރާ 3 ކަންތަކެވެ. މީގެ ތެރެއިން އެންމެ ފަހުން މިބުނި އަނބިން ގޮވައިގެން ކުރިއަށް ދާން މަސައްކަތްކުރުމުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ.

އެއިގެ މާނައަކީ ދިރިއުޅުން ކުރިއަށް ގެންދަން ކުރަންވީ ކަންކަން ކަނޑައެޅުމުގެ ބާރު ފިރިމީހާއަށް އޮތްނަމަވެސް ދިރިއުލުމުގެ ކޮންމެ ކަމެއްގައިވެސް ގޮތް ނިންމާއިރު އއަނބިންނާއިވެސް މަޝްވަރާކުރުމެވެ. އަނބިންބާކީކޮށް ނުލުމެވެ.

އަދި އެއީ އަނބިންގެ ފުރިހަމަ ލޯބި ފިރިންނަށް ލިބުން އިތުރުވާ ސަބަބެއްވެސްމެއެވެ. އަނބިންނާއި މަޝްވަރާކުރިވަރަކަށް އަނބިންގެ ހިތުގައި ފިރިންނަށް އިތުބާރުވެސް ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން އަނބިމީހާ ވެގެންދާނީ ދިރިއުޅުން ކޮއްޕައި ކުރިއަރުވަން މަސައްކަތްކުރާ އެންމެ ވަރުގަދަ އިންޖީނަށެވެ.

ގޮތްބަލައިލަންވެސް މިކަންކަމަށް ނިކަން ސަމާލުކަންދީބަލާށެވެ! އެމީހަކަށްވުރެ އަނބިމީހާގެ ކިބައިން އުފާލިބޭ ފިރިއަކު ހަމަ ވަރަށް މަދުވާނެއެވެ. މިއީ ދިރާސާތަކުން އެނގެން ހުރި ކަންކަމެވެ.

- އަލަފް

 

 

މިއަދު އޮންލައިން