އެކުވެރިއެއްގެ ގޮތުގައިވެސް އަދި ބައިވެރިއެއްގެ ގޮތުގައިވެސް ވައިއެޅެންވެސް ހެޔޮނުވާނެ 4 ބާވަތެއްގެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެކުވެރިއެއްގެ ގޮތުގައިވެސް އަދި ބައިވެރިއެއްގެ ގޮތުގައިވެސް ވައިއެޅެންވެސް ހެޔޮނުވާނެ 4 ބާވަތެއްގެ މީހުން-

ދިރިއުޅުމުގައި އެއްވެސް ގޮތަކަށް ކައިރިކުރަން ހެޔޮވެސް ނުވާނެ 4 ބާވަތެއްގެ މީހުންވެއެވެ. އެކުވެރިންގެ ގޮތުގައިވެސް އަދި ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައިވެސް މިއިން ބާވަތެއްގެ މީހަކާއި ކައިރިވަން ހެޔޮނުވާނެއެވެ. 

ފުރަތަމަ ބާވަތަކީ އެހެން މީހުންނަށް މަކަރުހަދާ މީހުންނެވެ. އެމީހުން ތިބާއަށްވެސް މަކަރުހަދާނެއެވެ. 

ދެވަނަ ބާވަތަކީ އެހެން މީހުންގެ ޒާތީ ކަންކަމާއިބެހި ނުބައި ވާހަކަދައްކާ މީހުންނެވެ. އެމީހުން ތިބާ އާއިމެދުގައިވެސް ހަމަ އެމޭރުމުން ވާހަކަދައްކާނެއެވެ. 

ތިންވަނަ ބާވަތަކީ ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކުރާ މީހުންނެވެ. އެމީހުންނަކީ އެމީހުންނަށް ކިތަންމެ ބޮޑި ގޯސްކަމެއް ކަމެއް ކުރެވުނަސް އެއީ ކުރެވުނު ކުށެއް ކަމަށް ޤަބޫލު ކުރާނެ ބައެއް ނޫނެވެ. ކުށް ޤަބޫލުނުކުރާ މީހަކަށް އިޞްލާޙެއް ނުވެވޭނެއެވެ. 

ހަތަރުވަނަ ބާވަތަކީ އެހެން މީހުން ކޮށްދޭ ރަނގަޅު ކަންކަމުގެ އަގުވޒަންނުކުރާ މީހުންނެވެ. އެމީހުންނަކީ އެމީހުންނަށް ކިތަންމެ ބޮޑު ހެޔޮކަމެއް ކޮށްދިންނަމަވެސް، ކިތަންމެ ރަނގަޅަށް ކަމެއް ކޮށްދިން ނަމަވެސް އެކަން ބަލައިގަނެ ޝުކުރުވެރިވާނެ ބައެއް ނޫނެވެ. 

މިސިފަތައް ހުންނަ މީހުންނާއިނ އެކުވެރިވެގެންވެސް އަދި އެފަދަ މީހަކާއި ކައިވެނިކޮށްގެންވެސް ލިބޭނެ ކުރިއެރުމެއް ނުއޮންނާނެއެވެ. އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގެ ތެރޭގައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުންނާއި ދުރުހެލިވެ ރައްކައުތެރިވެގެން ތިބުމެވެ. 

- އަލަފް

މިއަދު އޮންލައިން