ކިތަންމެ ގާތް މީހަކަށްވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 5: އެމީހާގެ ސިއްރުތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކިތަންމެ ގާތް މީހަކަށްވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް 5: އެމީހާގެ ސިއްރުތައް އެހެން މީހުންނާ ޙިއްޞާ ނުކުރުން

އެންމެ ގާތް އެކުވެރިންނާއިވެސް ޙިއްޞާ ކޮށްގެން ނުވާނެ އެއްކަމަކީ އެމީހާގެ ސިއްރުތަކެވެ. ސިއްރުކުރަންޖެހޭނެ ކަންކަމެވެ. 

ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެހެން މީހުންނަށް ސިއްރުކުރަންޖެހޭނެ ކަންތައްތަކެއް ކުރިމަތިވެފައިވާނެއެވެ. އެކަންކަމުގެ ވާހަކަތައް ހަަމ އެކެއްގެ ގާތުގައިވެސް ދެއްކުމަކީ މޮޔައަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. ވީމާ އަމިއްލައަށް މޮޔައަކަށް ނުވާށެވެ. 

އެހެނީ އެއްވެސް މީހަކީ އަބަދު ނުވަތަ މުޅި ޢުމުރަށް ތިމާއާއިއެކު އެއގޮތެއްގައި ދެމިހުންނާނެ މީހަކު ކަމަށް ޔަޤީންކޮށްގެން ނުވާނެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ޚިޔާލު ބަދަލުވެދާނެ މީހެކެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި މިއަދު ތިބި މީހުން މާދަމާ ޚިޔާލު ތަފާތުވެ ހަތުރުންނަށް ބަދަލުވެދާނެއެވެ.

އެއިރުން ތިބާގެ ސިއްރުތައް ހާމަކުރާނެއެވެ. ފަޟީޙަތްކުރަން މަސައްކަތްކުރާނެއެވެ. އެކަން ނުކުރާނީ ހަމަ ވަރަށް މަދު މީހެކެވެ. 

އެންމެ ބުއްދިވެރި ގޮތަކީ ޙަޔާތުގެ ސިއްރުތައް ބައިވެރިޔާއާއިވެސް ޙިއްޞާނުކުރުމެވެ. އެކަމަށް ހިތާމަކުރަންޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށްޓަކައެވެ.

 

މިއަދު އޮންލައިން