ތިމާ އެދޭ ގޮތަށް ބައިވެރިޔާ ލައްވަވައި ކަންކަން ކުރުވަން އެންމެ ފަސޭހަވާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިމާ އެދޭ ގޮތަށް ބައިވެރިޔާ ލައްވަވައި ކަންކަން ކުރުވަން އެންމެ ފަސޭހަވާނެ މަގު-

ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. މި މައްސަލަ ދެމަފިރިންނަށްވެސް ކުރިމަތިވާނެއެވެ.

މިޘާލަކަށް ފިރިމީހާ އެއްޗެއް ދިނުމުން އެއީ ތިމާ އެންމެ ބޮޑަށް ބޭނުންވެގެން ހުރި އެތި ކަމުގައި ނުވުމުން ޝަކުވާ އެބަކުރެއެވެ. އެހެން ނުހަދާށެވެ! ދިން އެތީގައި ހިފާށެވެ. ޝުކުރުވެރިވާށެވެ. އެއިރުން ފަހުން ތިބާ ބޭނުންވެގެން ހުރި އެތި ލިބެން ފަސޭހަވާނެއެވެ. ނޫންނަމަ ފިރިމީހާ ފޫހިވެ ހަދިޔާ ދިނުން ހުއްތައިވެސް ލައިފާނެއެވެ. 

ދެވަނަ ގޮތަކީ އަނބިމީހާ ކޮށްދިންކަންތައް ތިބާ އެންމެ ބޮޑަށް ބޭނުންވާ ފެންވަރުގައި ނެތުމެވެ. މިޘާލަކަށް ކެއްކި އެއްޗެތީގައި އެންމެ މީރު ރަހަ ނުލުމެވެ. އެދުވަހު ލާން ހިތުގައި އޮތް ހެދުން އިސްތިރިކޮށްފައި ނެތުމެވެ. 

މިފަދަ ކަމަކާއި ގުޅިގެންވެސް ނުރުހުމުގެ ބަސް ނުބުނެ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ. އެއިރުން ދާނީ ތިބާ އެންމެ ބޮޑަށް ބޭނުންވާ ގޮތަށް ހުރިހާ ކަންކަންވެސް ބަދަލުވަމުންނެވެ. އިން ޝާ ﷲ 

ޔަޤީންކުރާށެވެ! ބޮޑާހޭކުމާއި ރުޅި އާއި ނަފްރަތުން އެއްވެސް ކަމެއް ޙައްލެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް ޙައްލުވާނީ ރިވެތި ގޮތުގައި މުޢާމަލާތުކުރުމުންނެވެ. ރިވެތި ގޮތުގައި މުޢާމަލާތުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދީނުގައި ލައްވަވާފައިވަނީވެސް ހަމައެ ސަބަބަށްޓަކައެވެ. 

- އަލަފް

މިއަދު އޮންލައިން