ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ވިސްނަން ޖެހޭނެ ކަމެއް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ވިސްނަން ޖެހޭނެ ކަމެއް-: މުފްތީ މެންކް

ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ބައެއް މީހުން ދުޢާކުރަނީ އަންހެން ދަރިއަކު ދެއްވެވުމަށެވެ. އަނެއްބައަކު ދުޢާކުރަނީ ފިރިހެން ދަރިއަކު ދެއްވެވުމަށެވެ. ނަމަވެސް މިއީ ދުޢާކުރަން ރަނގަޅު ގޮތެއް ނޫނެވެ. 

ދުޢާކުރަންވާނީ އެދަރިއެއްގެ ސަބަބުން މިއަޅާއަށް އުފަލާ ހިތްހަމަޖެހުން ލިބޭނެ، ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުންނާނެ ދަރިއަކު ދެއްވެވުމަށެވެ. ދުޢާގައި ފިރިހެން ދަރިއަކު ނުވަތަ އަންހެން ދަރިއަކު ދެއްވެވުމަށް ލޯބިކުރާ ކަމަށް ދެންނެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ނުދެންނެވި ނަމަވެސް ތިބާގެ ހިތް އެދޭގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

އެއްވެސް ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާކުރާއިރު ދުޢާގެ ދާއިރާ ހަނިނުކުރާށެވެ. އެކަން ﷲ ތަޢާލާއަށް ވަކީލްކުރައްވަވާށެވެ. ދެއްވަވާނީ އެންމެ ފައިދާކުރާނެ ދަރިފުޅުކަން ހިތުގައި ޔަޤީންކުރާށެވެ. 

އެއްވެސް ދަރިއަކު ނުދެއްވަވާ ކިތައް މިލިއަން މީހުން ދުނިޔޭގައި އެބަތިބިހެއްޔެވެ؟ އެހެންވީމާ ދަރިއަކަށް ބޭނުންވެގެން ﷲ ތަޢާލާއަށް ދެންނެވުމުން ދަރިއަކު ދެއްވަވައިފިނަމަ އެކަމަށް ޝުކުރުވެރިވާންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. 

ތިމާއަށް ދެއްވަވާނީ ތިމާއަށް ލިބެން ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ދަރިފުޅުކަން ޔަޤީންކުރުމުން ލިބުނު ދަރިފުޅުގެ ޖިންސާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން