ހަމައެކަނި މިކަމަށް ބެލި ނަމަވެސް ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގަ ދެންނެވުމުން ލަސްވާތީ ހިތުގައި އުފެދޭ ކަންބޮޑުވުން އިން ޝާ ﷲ ފިލާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހަމައެކަނި މިކަމަށް ބެލި ނަމަވެސް ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގަ ދެންނެވުމުން ލަސްވާތީ ހިތުގައި އުފެދޭ ކަންބޮޑުވުން އިން ޝާ ﷲ ފިލާނެ!: މުފްތީ މެންކް

ކުރަން އުޅޭ ކަންކަން ނުކުރެވިގެން، ކާމިޔާބު ނުލިބޭތީ ލަސްވެގެން އުޅޭ މީހުން ދަންނާށެވެ. 

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމް ދީނަށް ނަޞްރު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވި އިރު ކަންކަން ވެގެންދިއަ ގޮތަށެވެ. މީސްތަކުންނަށް ދަޢުވަތު ދެއްވެވުމުން ކުރަމުން ދިއައީ މަލާމާތާއި ފުރައްސާރައެވެ. އެކަމުގެ ސަބަބުން ހުންނަވަންޖެހިވަޑައިގަތީ ނުހަނު ބޮޑަށް ކަންބޮޑުވެވަޑައިގަތުމުގައެވެ. 

އެހެން ހުންނަވަނިކޮށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ތިމަން ﷲ ނަޞްރު ދެއްވަވައިފީމެވެ. އެފަދައިން ވަޙީކުރެއްވެވިނަމަވެސް ދެއްވެވި ނަޞްރު ލޯފުޅަށް ފެނިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގެނެއް ނުއުޅުއްވަވަތެވެ. ކެތްތެރިވެވަޑައިގެން ޔަޤީންފުޅުކަމާއިއެކު ޘާބިތުވެ ހުންނެވީއެވެ. 

އެ ނަޞްރު އެއްވެސް މީހެއްގެ ލޮލަކަށް އެއިރަކު ނުފެނުނެވެ. ފެނިގެން ދިއައީ 20 އަހަރު ފަހުން މައްކާ ފަތަޙަ ކުރެއްވެވި ދުވަހުއެވެ. އެދުވަހު މުސްލިމުންނަށް ދެއްވެވި ނަޞްރު ފެނުމުން އެންމެންނަށްވެސް ލިބިގެންދިއައީ ޙައިރާންކަމެވެ. އުފަލުން އެންމެންގެ ހިތްތައް ފޮޅިގެންދިއައެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމަށްފަހު ކެތްތެރިކަންމަތީގައި ޘާބިތުވެލާށެވެ. ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ހިތާމައަކީ އެދި ދަންނަވާ ކަންކަން ވަޤުތުން ހިންމަވައި ނުދެއްވެވިނަމަ މާޔޫސްވެ ކަންކަން މާމައްޗަށް ގެންދެވޭ ކަމެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ! ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމަށް އުންމީދުކުރާށެވެ! ވަކީލްކުރާށެވެ! ފުރިހަަމ ގޮތުގައި ވަކީލްކުރާ އަޅުން މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން