ބައިވެރިޔާގެ ކިބައިން ލިބޭ ލޯބި އިތުރުވުމަށް އެދޭނަމަ ސަމާލުކަން ދިނުން މަޖުބޫރުވާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބައިވެރިޔާގެ ކިބައިން ލިބޭ ލޯބި އިތުރުވުމަށް އެދޭނަމަ ސަމާލުކަން ދިނުން މަޖުބޫރުވާނެ ބައެއް ކަންކަން-

ބައިވެރިޔާގެ ހިތުގައި ތިމާއަށް ލޯބި އިތުރުވުމަށް އެދޭމީހާ ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ ބައިވެރިޔާގެ ކުރިމަތީގައި ތިމާގެ އަގު އުފުލަން މަސައްކަތްކުރުމެވެ. ޤަދަރު މަތިކުރަން މަސައްކަތްކުރުމެވެ.

އެކަން ކުރެވޭނީ ބައިވެރިޔާއަށް ވަފާތެރިވެ ލޯތްބާއި އަޅައިލުން ދެވުނު ވަރަކުންނެވެ. ބައިވެރިޔާގެ އަގުވަޒަންކޮށް ހެޔޮކޮށް ހިތި މިންވަރަކުންނެވެ. އަދި ބައިވެރިޔާއަށްޓަކައި ތިމާ ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ސަމާލުކަން ދިން މިންވަރަކުންނެވެ. 

އެއިގެ މާނައަކީ ނުފޯރާ މިންވަރުން ކަންކަން ކޮށްދިނުމެއް ނޫނެވެ. ފިރިމީހާއަށް ލިބޭ މިންވަރާއި ކޮށްދެވޭނެ ކަންކަން އަނބިމީހާއަށްވެސް އެނގޭނެއެވެ. ވީމާ ރަނގަޅު އަންތބަކު ނަމަ އެކަންކަމަށް ވިސްނާނެއެވެ. ފިރިމީހާއަށް ލިބޭ މިންވަރުން ކަންކަން ކޮށްދޭނަމަ ހުންނާނީ ޝުކުރުވެރިވެގެންނެވެ. 

އަދި ހަމައެފަދައިން އަނބިމީހާގެ ޙާލަތާއި ކުޅަދާނަކަން ހުރި މިންވަރު ފިރިމީހާއަށް އެނގޭނެއެވެ. ރަނގަޅު ހެޔޮލަފާ ފިރިއަކު ނަމަ އަނބިމީހާގެ ޙާލަތާއި އެއްގޮތަށް ޚިދުމަތް ކުރުމަކުން ކަންބޮޑެއް ނުވާނެއެވެ. ޝަކުވާއެއްވެސް ނުކުރާނެއެވެ.  

ދެމަފިރިންވެސް އަނެކާގެ ކިބައިން ލޯތްބަށް ބޭނުންވާނެއެވެ. ލޯބި ލިބުން އިތުރުވުމަށްވެސް ބޭނުންވާނެއެވެ. އެހެންކަމުން ވަރަށް ކުރު ގޮތަކަށް މިބަޔާންކުރި ކަންކަމަށް ސަމާލުކަންދޭށެވެ. ޒަވާޖީ ޙަޔާތުން ބަނަކަމާއި އަނދިރިކަން ފިލައި ދިއްލި އުޖާލާވެގެންދާނެއެވެ. އިން ޝާ ﷲ  

- އަލަފް   

 

 

މިއަދު އޮންލައިން