ފާފަތައްވެސް ފުއްސަވައި ދެއްވަވައި ބޭނުން ކަމެއްވެސް ފުއްދަވައި ދެއްވަވާނެ މަގު މިއޮތީ- އިން ޝާ ﷲ: މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ފާފަތައްވެސް ފުއްސަވައި ދެއްވަވައި ބޭނުން ކަމެއްވެސް ފުއްދަވައި ދެއްވަވާނެ މަގު މިއޮތީ- އިން ޝާ ﷲ: މުޙައްމަދު ހޮބްލޮސް

ކަންބޮޑުވާންވީ ޢުމުރުން ދުވަސްތަކެއް ފާއިތުވީތީއެއް ނޫނެވެ. ތައުބާނުވެހުރެވުނީތީއެވެ. އެކަމަށް ަކންބޮޑުވެ ތައުބާވުމަށް އަވަސްވެގަންނާށެވެ!

މީހަކު 20،30،40،50، އަދި ކީއްކުރަން، 60 އަހަރުވަންދެން ﷲ ތައާލާގެ މަތިން ހަނދުމަ ނުކޮށް އުޅުމަށްފަހުގައިވެސް ދެއަތް މައްޗަށް އުފުލާލައި "ޔާ ﷲ!" އެވެ ދަންނަވައިފިނަމަ އެއަޑު 7 އުޑުމަތިން އައްސަވާވޮޑިގަންނަވައެވެ. އަދި ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވަވަތެވެ. ޖަވާބުގައި "މިއަޅާގެ ތައުބާ ޤަބޫލުފުޅުކޮށް ދެއްވެވުން" ކަމުގައި ދަންނަވައިފިނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކޮށްދެއްވަވަތެވެ.

އެމީހަކު އދަންނަވަން ބޭނުންވާ ކަންކަމުގެ ވާހަކަތައް ކޮންމެ ބަހަކުން އަދި ކޮންމެ ޢިބާރާތަކުން ދެންނެވޭނެއެވެ! ވީމާ ދަންނަވާށެވެ!

"ޔާ ﷲ! މިއަޅާއަށް އިހްމާލް ވެވިއްޖެއެވެ. ނުކިޔަމަންތެރިވެސް ވެވިއްޖެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ބިލިއަން މަލާއިކަތުން އިނބަ ﷲ އަށް ސަޖިދަ ކުރެތެވެ. ސަޖިދައިގައި ތިބެތެވެ. ޔާ ﷲ! މިނިކަމެތި އަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވަވާނދޭވެ!" އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދަންނަނަވައިފި ނަމަ އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމާއިމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ.

ވީއިރު ތައުބާ ނުވެ މިތިބެނީ ކީއްވެގެން ހެއްޔެވެ؟ މަރު ނުވެ އަދިވެސް އެތައް އަހަރެއް ވަންދެން ދުނިޔޭގައި ހުރެވިދާނެ ކަމަށް ޔަޤީން ކުރެވެނީ ހެއްޔެވެ؟ އެއީ ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ.

ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ނިކަމެތި ކަމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ.

ރޭގަނޑުގެ ފަހު 3 ބައިން ފަހު ބައަށް އުޅުމުން އެނދުން ތެދުވާށެވެ! ވުޟޫކޮށްލާށެވެ! 2 ރަކްޢަތް ނަމާދެއް ކޮށް ތާޒާވެލާށެވެ. އެއަށްފަހު ދެއަތް އުފުލައި ދަންނަވާށެވެ! "މިއަޅާގެ އަތުގައި އޮތީ އިނބަ ﷲ ދެއްވެވި ދެ އަތެވެ. އެއީ އެއްވެސް އެއްޗެއް ނެތް ހުސް ދެއަތެވެ! އިނބަ ﷲ އީ ހުރިކަމަކުން ފުދިވޮޑިގެންވާ އެންމެހައި އިންސާނުންނަށް ނުހަނު ދީލަތި ގޮތުގައި ރަހްމް ކުރައްވަވާ އިލާހްއެވެ. މިއަޅާގެ ހިތާއި ދެއަތް ފުރުއްވައިލަދެއްވަވާނދޭވެ!"

އެމީހަކަށް މާޔޫސްވާން ނުޖެހޭނެކަން އަހަރެން ޔަޤީން ކުރަމެވެ. އަހަރެމެންނަށް އޮތީ ހަމަ ދެ އަތް އުފުލައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކުރުމެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން