ސަލާމަތް ޞިއްހަތު- އެންމެ ބޮޑު ނިޢުމަތް: ފުއްޕާމެ އާ ފުރަމޭ ސާފުކޮށް ދުޅަހެޔޮކަންމަތީގައި ބަހައްޓައިދޭ ބައެއް ކާނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަލާމަތް ޞިއްހަތު- އެންމެ ބޮޑު ނިޢުމަތް: ފުއްޕާމެ އާ ފުރަމޭ ސާފުކޮށް ދުޅަހެޔޮކަންމަތީގައި ބަހައްޓައިދޭ ބައެއް ކާނާ!

ކޮންމެ ކަމެއް ދިމާވުމުން ޑޮކްޓަރުން ގާތަށް ގޮސް ގޭސްކުރުމަށް ވިސްނުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކަންކަން ދިމާވުމުގެ ކުރިން ސަލާމަތުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންވާނެއެވެ. ޑޮކްޓަރުން ގާތަށް ދާން ވިސްނަންވާނީ ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަމުންނެވެ. ދެންވެސް ދާންޖެހިއްޖެނަމައެވެ.

ފުއްޕާމެއާއި ފުރަމޭގެ ބަލިތަކަކީ މިހާރަކަށް އައިސް ވަރަށް ޢާންމުބަލިތަކެކެވެ. ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށްޓަކައި މެއާއި ފުރަމޭގެ ދުޅަހެޔޮކަން އިންތިހާއަށް ބޭނުންވާއިރު އެކަމަށް ބޭނުންވާ ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

ފުއްޕާމޭ ސާފުކުރުމަށާއި މޭގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކަކީ، ލޮނުމިދު، ގްރޭޕްފުރުޓް، އިނގުރު އަދި ކެރެޓެވެ. މިބާވަތްތައް ދިޔަފެލައިގެންވެސް ބޮވިދާނެއެވެ. މުހިންމީ ރޯ ނުފިލުވައި ތާޒާކަމާއިއެކު ބޭނުންކުރުމެވެ.

ފުރަމޭ ސާފުކުރުމަށާއި މޭގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކަކީ، ޓޮމާޓޯ، ގްރޭޕްފުރުޓް، ސްޕިނެޗް (ބޯވެލިފަތް)، ރީނދޫ، އެވެ.

މެއާއި ފުރަމޭ ގެ ބަލިތަކަކީ ޖެހިއްޖެ ނަމަ ސަލާމަތްވުން އުނދަގޫ ވަރަށް ބޮޑެތި ހޭދަތައްވެސް ކުރަންޖެހޭ ބަލިތަކެކެވެ. ބަދަލުކުރުންވެސް އެހައިމެ އުނދަގޫވެފައި ނުރައްކައުތެރިކަން ބޮޑު ގުނަވަންތަކެކެވެ.

ވީމާ އެންމެ މުހިންމު ކަމަކީ ގުނަވަންތައް ދުޅަހެޔޮކަންމަތީގައި ބަހައްޓަން މަސައްކަތްކުރުމެވެ.

 

މިއަދު އޮންލައިން