ރޯގާ އާ ކެއްސުމުން ސަލާމަތްކޮށްދޭނެ، ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޖޫހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރޯގާ އާ ކެއްސުމުން ސަލާމަތްކޮށްދޭނެ، ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޖޫހެއް!

މިދުވަސްވަރަކީ ގިނަ ބައަކަށް ރޯގާޖެހި ކެއްސައި އަދި އެނޫންވެސް އުނދަގޫތައްވުން ގިނަ ދުވަސްވަރެކެވެ. އެހެންކަމުން ކިޔުންތެރިންނަށް މި ފައްކާ ޖޫސް މަތިން ހަނދާންކޮށްލައިދެމެވެ. މިއީ ގިނަ ބައަކު ތަޖުރިބާވެސް ކޮށްފައިވާ ޖޫހެކެވެ.

ޖޫސް ހަދަން ބޭނުންވާނެ ތަކެތި:

5 ކެރެޓް، ހެޔޮވަރު ސައިޒުގެ ލުނބޮއެއް، 4 ސަމުސާ ގަނޑުބަޑުނުކުރާ މާމުއި، 4 އިނޗި ހުންނަވަރުގެ އިނގުރުކޮޅެއް،

ހަދާނެ ގޮތް:

ފުރަތަމަ ކެރެޓުން ދިޔަފެލާށެވެ. ދިޔައިގެ ތެރެއަށް ލޮބޭފެލައި އަދި އިނގުރުކޮޅުގެ ދިޔައާއި މާމުއި އަޅައި އެއްކޮށްލާށެވެ.

ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޭނުންކުރަންވާނީ ރަނގަޅަށް ފިނިކަނޑުވައިގެންނެވެ. ނޫންނަމަ މިކިޔައިދިން ނިޞްބަތުން ތަކެތި ބޭނުންކޮށްގެން އެފަހަރަކު ބޭނުންވާ ވަރަށް ތައްޔާރުކޮށްގެން ބޯށެވެ!

ޢަލާމާތްތައް އެކުގައި ފިލަންދެން ކޮންމެ ދުވަހަކުވެސް މަދުވެގެން 5 ސައިސަމުސާ ބޮމުން ގެންދާށެވެ!

 

މިއަދު އޮންލައިން