ފާފައިގެ ބޮޑެތި ފުނިވަރުތައް ހިއްޕަވައިގެން ﷲ ގެ ޙަޒްރަތަށް ވަޑައިގެންނެވުނު ބޭކަލަކަށް އުފާވެރިކަން ލިބިވަޑައިގެންނެވި ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފާފައިގެ ބޮޑެތި ފުނިވަރުތައް ހިއްޕަވައިގެން ﷲ ގެ ޙަޒްރަތަށް ވަޑައިގެންނެވުނު ބޭކަލަކަށް އުފާވެރިކަން ލިބިވަޑައިގެންނެވި ސަބަބުގެ ވާހަކަ-

އެބޭކަލަކީ އިސްލާމްވެވަޑައިގަތުމުގެ ކުރިން ވަރަށް ގިނަ ފާފަތައް ކުރެއްވެވުނު ބޭކަލެކެވެ. ފާފަތައް ކުރެއްވެވުމުގައި އަރައިހުންނެވި ބޭކަލެކެވެ. އެކަމަކު އިސްލާމްވެވަޑައިގަތުމަށްފަހު ދީން އުނގެނިވަޑައިގެން ވަރަށް ބޮޑު ޢިލްމުވެރިއަކަށްވެވަޑައިގެންނެވި ބޭކަލެކެވެ. އިސްލާމް ދީނަށް އަގުނުކުރެވޭވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވެވި ބޭކަލެކެވެ.

ކޮންމެއަކަސް އެބޭކަލަކު އަވަހާރަވިފަހުން އޭނާގެ އަޚަކަށް (އެކުވެރިއަކަށް) ހުވަފެނުގައި އޭނާ ފެނިވަޑައިގެންނެވިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "އެކުވެރިޔާއެވެ! މިހާރު ތިބާ ތިއަވަނީ ﷲ ތަޢާލާގެ ޙަޟަރްތުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވެވަޑައިގެންނެވި ހިނދު ކަންކަންވީ ކިހިނަކުން ހެއްޔެވެ؟" 

ޖަވާބުގައި ވިދާޅުވިއެވެ. "އަހުރެންނަށް ﷲ ތަޢާލާގެ ޙަޒްރަތަށް ދާންޖެހުނީ ކުރެވިފައިވާ ފާފަތަކުގެ ބޮޑެތި ފުނިވަރުތައް ހިފައިގެންނެވެ. އެކަމަކުން އަހުރެން ދުނިޔޭގައި ހުރިއިރު ﷲ ތަޢާލާގެ ރަހްރަތަށް އުންމީދުކުރިލެއް ބޮޑުކަމުން (އެކަމަށް މަސައްކަތްވެސް ކުރިލެއް ބޮޑުކަމުން) ﷲ ތަޢާލާ އަހުރެންގެ ފާފަތައް ފުއްސަވައި ދެއްވެވީއެވެ."

މީސްތަކުންނޭވެ! މިކިޔައިދިނީ ހުވަފެނެއްގެ ވާހަކައެވެ. މާތް ބޭކަލަކަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވި ކަންކަމުގެ ވާހަކައެވެ. މިއީ ހުވަފެނެއް ނަމަވެސް މިއީ މިކަން ހިނގާނެ ގޮތްކަން ގްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ވީމާ ވާހަކައިގެ އަޞްލަކީ ހަމަ ޙަޤީޤަތެކެވެ.

މީސްތަކުންނޭވެ! ކޮންމެ އަޅުކަމެއް ކުރިނަމަވެސް، ވަކިން ޚާއްޞަކޮށް ނަމާދަށް ހުއްޓޭއިރު ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ޔަޤީންކަމާއިއެކު ހުއްޓޭށެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތް ލިބުން ޙައްޤުވާނެ މަގުން ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ދުނިޔޭގައިވެސް އަދި މަރުވުމުންވެސް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންދާނެއެވެ. އިން ޝާ ﷲ

މިފަދަ ހުވަފެންނަތައް މާތް ބޭކަލުންނަށް ދައްކަވާ ސަބަބަކީ އެކަންކަމަށް އަހުރެމެން ވިސްނައި ޢަމަލުކުރަން މަގުދެއްކެވުން ކަމަށް ވިސްނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން