ﷲ ތަޢާލާ ފެންނަން ބޭނުންވެ އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށް އެމީހުންގެ ބޭނުން ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ: ޑރ. ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ﷲ ތަޢާލާ ފެންނަން ބޭނުންވެ އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށް އެމީހުންގެ ބޭނުން ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ: ޑރ. ޒާކިރް ނައިކް

ޢިލްމީ ގޮތުން އިންސާނުން ކުރިއަރައިގެންދިއަ ނަމަވެސް ވިސްނުމުގެ ޙާލަތަށް ބަލައިފިނަމަ އެކުރިއެރުން ލިބިފައިވާކަމަށް ބުނަން އުދަގުލެވެ. ސަބަބަކީ ގިނަބައަކަށް މިހާރު ޤަބޫލުކުރެވެނީ އެމީހުންގެ ލޮލަށް ފެންނަ ކަންކަމެވެ. ލޮލަށް ނުފެންނަ ކަންކަން ޤަބޫލުކުރަން ފަސްޖެހެއެވެ. އެކަމަކު ޞަޙާބީންގެ ޒަމާނުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެބޭކަލުންގެ ލޯތަކަށް ފެނިވަޑައިގަންނަވާ މިންވަރަށްވުރެ މާދުރަށް ވިސްނުންފުޅު ހިންގަވައެވެ. 

އެހެން ދީންތަކުގެ ކަލާނގެތައް އެމީހުންނަށް ފެނިފައި އަހުރެމެންގެ ކަލާނގެ، ﷲ ތަޢާލާ އަހުރެމެންނަށް ނުފެންނަ ސަބަބާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެފަދަ ބަސްބުނާ މީހުންނަށް ކަމުގެ ޙަޤީޤަތް އަންގައިދޭން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ފިޔަވައި ކަލަކު ނުވާކަމެވެ. ކަލާނގެތައް ކަމަށް ބުނެ އެހެން ދިންތަކުގެ މީހުން އެދައްކަނީ ކަލާނގެއެއް ނޫނެވެ. އެމީހުން ހަދައިގެން ގެންގުޅޭ ތަކެއްޗެވެ. އެއީ އެމީހުންނާއިއެކު ނަރަކައިގައި އަނދާނޭ ހިލަތަކެކެވެ. ނުވަތަ ތަކެއްޗެވެ. 

ދެވަނަ ކަމަކީ އިންސާނުން މިހާރު މިތިބަ ގޮތަށް ތިބެ ﷲ ތައާލާ ދުށުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަން އެނގެނީ ކީރިތި ޤްރުއާނުންނެވެ. 

އަލްއަޢްރާފް ސޫރަތުގެ 143 ވަނަ އާޔަތް: 

"ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ." 

ﷲ ތައާލާގެ ޛާތުފުޅު ދެކެން ބޭނުންނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުން ޖާގައެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. 

ﷲ ތަޢާލާގެ ސިފަ ފުޅުތައް އިޚްލާޞް ސޫރަތުގައި އެވަނީ ބަޔާންކުރައްވަވައިފައެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ." 

މިއިން އެއްވެސް ސިފަފުޅަކީ ﷲ ތައާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާނެ ސިފައެއް ނޫނެވެ. ވީމާ ﷲ ތައާލާ ފިޔަވައި އެއްވެސް އިލާހަކު ނުވެއެވެ. ކަލާނގެ އެއް ކަމަށް ބުނެ ރަނުންވެސް އެއްޗެއް ހެދިދާނެއެވެ. ނަމަވެސް އެއީ ކަލާނގެއަކަށް ނުވާނެއެވެ. ކަލާނގެއަކަށް ނުވެސް ހެދޭނެއެވެ! މިވަރުން މި ސުވާލަށް ޖަވާބު ދެވިއްޖެ ކަމަށް ހީކުރަމެވެ.

 

- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން