ޤަޞްދުގަ ރޯދަ ދޫކުރި މީހަކަށް ޤަޞާ ކުރެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤަޞްދުގަ ރޯދަ ދޫކުރި މީހަކަށް ޤަޞާ ކުރެވިދާނެތަ؟

މިދިއަ އަހަރުގެ ރޯދަމަސް ނިމިގެންދިއައީ އިއްޔެ ކަމަށް ހީވިނަމަވެސް އަންނަ އަހަރުގެ ރޯދަމަސް އައިސް ބޯމަތިވަނީއެވެ. ވިސްނަންވީ މާޒީގައި އުޅެވުނު ނުބައި ގޮތާއިމެދަކު ނޫންނެވެ. ކަންކަން އިޞްލާޙްކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ތަޤްވާވެރިއަކު ކަމުގައި ވުމަށެވެ.

ތިރީގައިވާ ސުވާލަކީ ބައެއް ކިޔުންތެރިން މިހާރުވެސް ފޮނުއްވަމުން ގެންދަވާ ސުވާލެކެވެ. އުފާކުރަންޖެހެނީ ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުވެ ރޯދަހިފަން ދޭ ސަމާލުކަން އިތުރުވަމުން އަންނާތީއެވެ.

ސުވާލު: ރޯދަ މަހު އަޅުގަނޑު ރޯދަ ހިފީ ހިތަށް އެރި ދުވަހުހަކުއެވެ. ނުހިފަން ހިތަށް އަރައިފިނަމަ ނުހިފަމެވެ. ނަމަވެސް މިއަދު އެކަންކަމާއިމެދު ހިތާމަކުރަމެވެ. ސުވާލަކީ އަޅުގަނޑު އެއްވެސް ސަބަބެއް ނެތި ޤަޞްދުގައި ދޫކުރި ރޯދަތައް މިހާރު ޤަޟާކުރެވިދާނެތޯއެވެ؟

ޖަވާބު: މިކަމުގައި އޮތީ ދެގޮތެކެވެ. ރޯދަ ދޫކުރީ ނަމާދުކޮށް ނުއުޅޭ މީހަކު ކަމުގައިވާނަމަ އެމީހަކު ހިފަންޖެހޭނެ ރޯދައެއް ނުއޮންނާނެއެވެ. އޮތީ އަލުން އިސްލާމް ދީނަށް ވަދެ ޢަމަލުކުރަން ފެށުމެވެ. ނަމާދުކޮށް ރޯދަވެސް ހިފައި އެހެންވެސް ފަރުޟުތައް އަދާކުރުމެވެ.

ދެން އޮތީ ނަމާދުކުރަމުން ރޯދަ ދޫކުރެވުނު މީހާއެވެ. އޭނާގެ މައްޗަށް އޮތީ ދޫކުރެވުނު ރޯދަތައް ޤަޞާކުރުމެވެ.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިކަމުގައި ފާފައިގެ ބޮޑުކަން ބަޔާންކުރައްވަމުން ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވެފައިވަނީ "ރޯދަ ދޫކޮށްލުން ހުއްދަ ޝަރުތެއް ނެތި ޤަޞްދުގައި މުޅި ދުވަހު ރޯދަ ނުހިފައި ހުންނަ މީހަކަށް އެ ރޯދަ ޤަޟާއެއް ނުކުރެވޭނެއެވެ."

 

މިއަދު އޮންލައިން