އަބަދު ވަރީގެ ވާހަކަދައްކައި ކިރިޔާ ކަމެއް ދިމާވާއިރަށް ވަރިކުރަނީ ކީއްވެގެންތޯ؟ އެއީ ދީނުގަ އެކަން އޮތްގޮތްތޯ؟
ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ވަރިކުރުމަކީ ހަމަ ހިތަށް އެރުމުން ކުރަން އޮތް ކަމެއް ނޫނެވެ. ވަރިކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އޮތުމުން އެކަމުގެ މުހިންމުކަން އިތުރަށް ޔަޤީންވެގެންދެއެވެ.
ފުރަތަމަ ބަލައިލަންވީ ބަޤަރާ ސޫރަތުގެ 232 ވަނަ އާޔަތަށެވެ. އެންމެ ރަނގަޅު ގޮތަކީ ޞުލްހަވެ އެކުގައި ދިރިއުޅުންކަން އެނގިގެންދާނެއެވެ. ދެމަފިރިން ޞުލްޙަވެ އެކުގައި ދިރިއުޅެން ވިސްނައިފިނަމަ ނުވަތަ އެގޮތް ޚިޔާރުޮށްފިނަމަ އެކަމަސް ހުރަސް ނާޅަން ވަނީ އަންގަވައިފައެވެ.
އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.
"--ﷲ އަށާއި އާކިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞީޙަތް ދެއްވަވާފައިވާ ގޮތަކީ އެއީއެވެ."
"—ތިއަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، އެންމެ ޠޯހިރުކަންބޮޑު ގޮތަކީވެސް އެއީމެއެވެ."
"(ތިއަބައިމީހުންނަށް މަޞްލަޙަތު ހުރި ގޮތް) ﷲ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ."
ކަންމިހެން އޮތް ނަމަވެސް އެކުގައި ދިރިއުލެވެން ނެތްނަމަ އޮތީ ވަރިކުރުމެވެ. ވަރިކުރުމުގައި މައްސަލައަކަށްވަނީ އެކަނބަލުން ބާކީ ކުރުމެވެ. މިސާލަކަށް ވަރިކުރަން ބޭނުންވުމުން ނިކަމެތި އަޅުންނަށް އެބަހަދައެވެ. އެހެން މީހަކާއި ކައިވެނިކުރަން ވަރިކޮށް މިނިވްނަކޮށްނުދީ އަދި އަންތބެއްގެ ޙައްޤުތަކުން މަޙްރޫމްކޮށްފައި އެބަ ބައިތިއްބަމުއެވެ. އެއިރުން ކަންކަން އެކުރެވެނީ އަޅުންނަށްވުރެވެސް ދަށު ދަރަޖައިގައެވެ. ﷲ ތަޢާލާގެ އަޅަކު ތިބާގެ އަޅަކަށް ހަދަން ހުއްދަކުރީ ކާކުހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ޢަދުލުވެރިވާށެވެ! އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ! ﷲ ތަޢާލާގެ ޢަޛާބް އަރައި ހަމަކުރާނެކަމަށް ބިރުވެތިވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން