ކުރަން ބޭނުންވާ ކަންކަން ނުކުރެވި ލަސްވާތީ ކަންބޮޑުވާ މީހުން ވިސްނާލަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކުރަން ބޭނުންވާ ކަންކަން ނުކުރެވި ލަސްވާތީ ކަންބޮޑުވާ މީހުން ވިސްނާލަންޖެހޭ ބައެއް ކަންކަން-

ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ބައެއް ކަންކަން ކުރުމުގެ ބާރުވެސް ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް ކުރަން ބޭނުން ކިތައް ކަންތައް ނުކުރެވި ލަސްވޭ ހެއްޔެވެ؟ އަތުގައި ފައިސާ ހުރެމެ ބޭނުންވާ އެތި ނުލިބިގެން ކިތައް ފަހަރު އިންތިޒާރުކުރަންޖެހޭ ހެއްހެވެ؟ ބޭނުންވާ ކަންކަން ނުކުރެވިގެން އުޅެންޖެހޭ ހެއްޔެވެ؟

ވިސްނާ މީހަކަށް ﷲ ތަޢާލާ އެދެއްވަވަނީ ވަރަށް ވަރުގަދަ ފިލާވަޅެކެވެ. އަންގަވައި އެދެއްވަވަނީ ކެތްތެރިވުމުގެ މުހިންމުކަމެވެ. އަދި ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ތިމަން ﷲ މިންވަރުކުރެއްވެވުމުން ކަމެވެ.

ޒަމާން ފަސްވެ މީސްތަކުންގެ ހިތްތައް މިވަނީ މާބޮޑަށް ފާސްޓްފޯވާޑުވެފައެވެ. ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ ވަގުތުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެވެނީވެސް ހަމަ އެ ސްޕީޑްގައެވެ. އެދޭ ކަމެއް ކިރިޔާވެސް ލަސްވެލައިފިނަމަ ޝަކުވާތައް ގިނަވެއެވެ.

މިއީ ވަރަށް ބޮޑު ގޯހެކެވެ. އަހަރެމެންނަށް އޮތީ ބޭނުންވާ ކަންކަމުގައި އެދި ދެންނެވުމެވެ. ހިތްމަވައިދެއްވަވާނެ ވަގުތު އެއީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ.

ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ބޭންކުގެ އެކައުންޓުގައި ހުންނަ ތިބާގެ އަމިއްލަ ފައިސާ ނަގަން ދިއަ ނަމަވެސް ބައެއް ފަހަރު އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހޭ ނޫން ހެއްޔެވެ؟ އެއީ ތިބާ ނަގަން ގޮސް ހުރީ ތިބާގެ އަމިއްލަ ފައިސާ ކަމުގައިވާއިރުވެސް މެއެވެ.

ވީއިރު ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދުޢާކުރާއިރަށް ވަގުތުން އެކަމެއް ހިންމަވައި ދެއްވެވުމަށް އެދެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ ކެތްތެރިވާން ދަސްކުރާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަން ޔަޤީންކޮށްގެން ހުންނަ މީހާއަށް އަބަދުވެސް މެދުވެރިވާނީ ހެޔޮ ގޮތްތަކެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން