ހިތްދަތި ޙާލުގައިވާ މީހުންނަށް އެހީތެރިވާން ބަސްބުނެ ޢަމަލުކުރަންޖެހޭނެ މަގު-: ޝައިޚް ޢަލީ ޙައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހިތްދަތި ޙާލުގައިވާ މީހުންނަށް އެހީތެރިވާން ބަސްބުނެ ޢަމަލުކުރަންޖެހޭނެ މަގު-: ޝައިޚް ޢަލީ ޙައްމުދާ

ހިތްދަތިކަމެއްގައިވާ މީހަކާއި ބައްދަލުވުމުން އެމީހަކާއިމެދު ގޮތް ނިންމަން ގިނަ ބައަކު އަވަސްވެގަނެއެވެ. ގިނަ ބައަކު އޭނާއަށް ކުރަނީ އަނިޔާއެވެ. ބުނާނެއެވެ. "އީމާންކަން ބަލިކަށީއެވެ. ފާފަކުރަނީއެވެ."  

މިފަދަ ބަސްތައް ބުނުމުން އޭނާއަށް ލިބޭނީ އިތުރު އަނިޔާއެވެ. އަދި އެމީހަކަށް ހިތްދަތިކަން ލިބެން މެދުވެރިވި ސަބަބު ބުނަން އެހައި ފަސޭހައިން އެނގެނީ ކިހިނަކުންހެއްޔެވެ؟ ސަބަބު ބުނީ ކާކުހެއްޔެވެ؟  

ހިތްދަތިކަމުގައިވާ މީހަކު ފެނިއްޖެނަމަ ހިތްވަރުދޭށެވެ! އެޙާލަތުން އަރައިގަތުމަށް އެހީތެރިވާށެވެ! އެކަންކަން ކުރެވެން ނެތްނަމަ އޭނާގެ ހިތްވަރު އިތުރަށް އެލިގެންދާނެ ފަދަ ބަސްތައް ނުބުނާށެވެ.  

ހިތްދަތިކަމުގައިވާނަމަ އެމީހަކާއި ގުޅުން ބަދަހިކުރާށެވެ! ލޯބިދޭށެވެ! އަޅައިލާށެވެ! އެހީތެރިވެދޭށެވެ. ތިބާއަކީ އޭނާއަށް ހެޔޮ އެދޭ މީހެއްކަން ޢަމަލުތަކުން ދައްކައިދޭށެވެ. އެއިރުން އޭނާގެ ސަމާލުކަން ތިބާއަށް ލިބޭނެއެވެ. ލިބުނީމާ ދެން ބުނާށެވެ! "އެކުވެރިޔާއެވެ. ވިސްނައިގެން ދުނިޔޭގައި އުޅޭށެވެ. ﷲ ތަޢާލާ އާއި ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރާށެވެ! އަބަދުވެސް އަހަރެމެންގެ ހަނދާނުގައި ބަހައްޓަން ޖެހޭނެ އެއްކަމަކީ އީމާންކަން ބަލިކަށިވުމާއި ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ފާފަކުރުމަކީ އެކަމުގެ އަސަރު އެކި ގޮތްގޮތުން ދިރިއުޅުމަށް ކުރާނެ ކަމެއް ކަމެވެ."  

މިފަދަ މޭރުމަކުން ބުނުމުން އޭނާއަށް ވިސްނޭނެއެވެ. އަދި އިޞްލާޙްވާން މަސައްކަތްވެސް ކުރާނެއެވެ. އިން ޝާ ﷲ  

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން