އަނިޔާދިން މީހާއަށް މާފުކުރުން މަޖުބޫރެއް ނޫން! އެކަމަކު އެއްވެސް މީހަކަށް މާފުނުކުރުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބުކަމަށްވެސް ވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަނިޔާދިން މީހާއަށް މާފުކުރުން މަޖުބޫރެއް ނޫން! އެކަމަކު އެއްވެސް މީހަކަށް މާފުނުކުރުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބުކަމަށްވެސް ވެދާނެ!: މުފްތީ މެންކް

ބައެއް މީހުން ކުރާ ސުވާލެކެވެ. "މީސްތަކުންނަށް ނުވަތަ މިވެނި އެވެނި މީހަކަށް މާފުކުރުމަކީ މަޖުބޫރުކަމެއް ހެއްޔެވެ؟" އެއް ގޮތަކަށް ބަލައިފިނަމަ ޖަވާބަކީ މަޖުބޫރުކަމެއް ނޫނެވެ. 

އަނެއް ބައަކު އެބަ ބުނެއެވެ. "އަހުރެން އޭނާއަކަށް މާފެއް ނުކުރާނަމެވެ. ޤިޔާމަްތް ދުވަހު ބަދަލުހިފާނީއެވެ!"  މައްސަލައެއް ނެތެވެ. އެގޮތަށް ނިންމުމުގެ އިޚްތިޔާރުވެސް އެބަ އޮތެވެ. 

އެކަމަކު ދެން ކަންކަން ވެގެން ހިނގައިދާނެ ގޮތާއިމެދު ވިސްނާލަމާ ހިނގާށެވެ! 

ފުރަތަމަ ކަމަކީ އޭނާއާއިމެދު ތިބާއަށް ކުރެވުނީ ކުށްހީއަކަށްވެދާނެއެވެ. އެހެންވެއްޖެނަމަ ތިބާ ފާފަވެރިވީއެވެ. 

ދެވަނަ ގޮތަކީ އޭނާވަނީ ކުށްކޮށްފައެވެ. އެހެންވެ އޭނާގެ ކިބައިން ޤިޔާމަތް ދުވަހު ތިބާއަށް ބަދަލު ހިއްޕަވައިވެސް ދެއްވެވިއެވެ. އެކަމަކު އެއީ އަދި ތިބާއަށް ސުވަރުގެ ވަންނަން ޓިކެޓެއް ލިބޭނެ ކަމެއް ނޫނެވެ. ތިބާއަށް ކުރެވިފައިވާ ފާފައަކަށް ނުވަތަ ފާފަތަކަކަށް ﷲ ތަޢާލާ ޢަފޫ ނުކުރެއްވެވީއެވެ. ސަބަބަކީ ތިބާ އޭނާއަށް (ﷲ ތަޢާލާގެ އަޅާއަށް) މާފުނުކުރުމުން ކަމުގައި ވެއްޖެ ނަމަ ތިބާއަށް އޭނާގެ ކިބައިން ލިބުނު ބަދަލުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެގޮތަށް މެދުވެރިވެއްޖެނަމަ ވަންނަން ޖެހޭނީ ނަރަކައަސް ނޫންހެއްޔެވެ؟ އެއރުން ލިބުނު ގެއްލުން މާބޮޑުވެގެންދިއައީ ނޫންހެއްޔެވެ؟ 

ވީމާ އަހުރެމެންނަށް އޮތީ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އަދި އެމީހާ ކުރި ކުށަށްވެސް ނުބަލައި އެންމެންނަށްވެސް ދީލަތިކަމާއިއެކު މާފުކޮށް ހިތް ސާފުކުރުމެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ރަޙްމަތާއި ނިޢުމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން