ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން-

ކިޔުމަށް ހޭދަވާނީ 4މ 55ސ
ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޠާނާއަކީ އިންސާނުން މަގުފުރެއްދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރާ އެއްޗެވެ. އެނޫން މަސައްކަތެއް އޭތި ނުކުރެއެވެ. 

ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾‏

މާނައީ: "ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)" 

އެހެންކަމުން މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންކަމެވެ. 

· ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުން: 

ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ކަމެކެެވެ. އަދި ﷲ ތަޢާލާ ޛިކުރު ކުރުމާއި ގުޅޭގޮތުން ކީރިތި ޤުރުއާން ގެ އަހްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾

މާނައީ: " ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." 

· ގޭގައި ބަޤަރާ ސޫރަތް ކިޔެވުން: 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ.

لا تَجْعَلُوا بُيُوتَكُمْ مَقابِرَ، إنَّ الشَّيْطانَ يَنْفِرُ مِنَ البَيْتِ الذي تُقْرَأُ فيه سُورَةُ البَقَرَةِ.

މާނައީ: "ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެފިލައެވެ." 

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

· ގެއަށް ވަނުމާއި ނިކުންނައިރު ކިޔާ ދުޢާތައް ކިޔުން: 

ގެއިން ވަންނައިރު ކިޔާ ދުޢާ: 

بسم الله ولجنا , و بسم الله خرجنا , و على الله ربنا توكلنا

މާނައީ: ﷲ ގެ އިސްމުފުޅުގެ ބަރަކާތާއި އެކު އަޅަމެން ވަނީމުއެވެ. އަދި ﷲ ގެ އިސްމުފުޅުގެ ބަރަކާތާއި އެކު އަޅަމެން ނިކުތީމުއެވެ. އަދި އަޅަމެން ހައްދަވާ ބޮޑުކުރެއްވި ﷲ އާއި އަޅަމެންގެ އެންމެހާ ކަންކަން ޙަވާލު ކުރީމެވެ." 

ص288 - أرشيف ملتقى أهل الحديث - ما صحة حديث بسم الله ولجنا وبسم الله خرجنا - المكتبة الشاملة الحديثة (al-maktaba.org) 

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ

މާނައީ: " ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އެންމެހާ ކަންތައްތައް އިނބަ ﷲ އާ ޙަވާލު ކޮށްފީމެވެ. (ހުރިހާ ކަމެއް އިނބަ ﷲ އަށް ވަކީލްކޮށްފީމެވެ.) އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ."

06 من حديث (من قال -يعني إذا خرج من بيته -: بسم الله توكلت على الله ولا حول وَلا قوة إلا بِاللهِ..) (binbaz.org.sa)

 

މިއަދު އޮންލައިން