ތިމާ ބިލްދައްކާ އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިމާ ބިލްދައްކާ އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ގެއިން ވުޟޫކުރާއިރު ފެން އިސްރާފްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ބިލްދައްކަނީ ތިމާކަމަށްވީތީއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާގެ އަމިއްލަ ތަކެތި ހައިބޮއި ހެދުމުގައިވެސް ޢަމަލުކުރަންޖެހޭ މިންގަނޑު ދީނުގައި އޮތް ފަދައިން ކޮންމެ ކަމެއްގައިވެސް އިންތަކެއްވެއެވެ.

ވުޟޫކުރަނީ އަޅުކަންކުރާށެވެ. އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ! އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލެކެވެ. އިސްރާފްކުރުމަކީ ޙަރާމް ކަމެކެވެ.

"—އަދި އިސްރާފް ނުކުރާށެވެ! އިސްރާފްކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ." (އަލްއަޢްރާފް: 31)

އަޅުކަންކުރަނީ ﷲ ތަޢާލާގެ ރުހިވޮޑުގަތުމާއި ލޯބިވެވޮޑިގަތުން ލިބިގަތުމުގެ އުންމީދުގައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އަޅުކަމަސް ތައްޔާރުވެގެން ކުރާ އަޅުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ގެއްލުމާއި ހަލާކު ނޫންހެއްޔެވެ؟

އަމިއްލަ ގެއިން ވުޟޫކުރި ނަމަވެސް އިސްކުރު ދޫކޮށްލައިގެން ނުހުންނާށެވެ. އެއިގެ ބަދަލުގައި ކޮންމެވެސް އެއްޗަކަށް ފެން އަޅައިގެން އެއިން ފެން ނަގައިގެން ވުޟޫކުރާށެވެ. މިސްކިތަކުން ވުޟޫކުރާނަމަ ފެން އިސްރާފްނުވާނެ ގޮތަށް އިސްކުރުގެ ބޭނުން ހިފާށެވެ! ފާފަވެރިނުވާނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން