ރުޅިއައިނަމަވެސް އެއްވެސް މީހަކަށް ޖަނަވާރުގެ ނަމުން ކިޔާނަމަ އެމީހަކު އެފަދަ ޖަނަވާރަކަށް ބަދަލުވެދާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރުޅިއައިނަމަވެސް އެއްވެސް މީހަކަށް ޖަނަވާރުގެ ނަމުން ކިޔާނަމަ އެމީހަކު އެފަދަ ޖަނަވާރަކަށް ބަދަލުވެދާނެއެވެ!: މުފްތީ މެންކް

ބައެއް ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ބައެއް ބަސްތައް ބުނެވެނީވެސް އެކަމުގައި ހުރި ނުރައްކައުތެރިކަން ނުއެނގި ތިބެއެވެ. އަދި ބައެއް މީހުންނަށް ނުބައި ބަސްތައް ބުނެވެނީވެސް ނުބައި ޢަމަލުތައް ކުރެވެނީވެސް ރުޅި އަންނަ ވަޤުތުތަކުގައި ނަފްސް ކޮންޓްރޯލްނުކުރެވިގެންނެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.

ބައެއް މީހުން ރުޅި އައުމުން ކޮންޓްރޯލް ނުކުރެވި އެހެން މީހުންނަށް ކުއްތާ، މިނިކާވަގު ސިންގާ ފަދަ ނަންނަމުން ކިޔައެވެ. މިއީ ވަރަށް ދެރަވަރު ކަންކަމެވެ. އިންސާނުން ވެސް ޖަނަވާރުވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. ނަމަވެސް އެއް ދަރިފަސްކޮޅަކުން ނޫނެވެ.

މިއީ ވަރަށް ނުރައްކައުތެރިކަމެއް ކަމަށް މިބުނަނީ ސަބަބެއް އޮތުމުންނެވެ. މިފަދަ ބަސްތައް ބުނާ މީހުން އެފަދަ ޖަނަވާރުންނަށް އެބަ ބަދަލުވެއެވެ. އެއިގެމާނައަކީ އޭނާގެ ސޫރަ ޖަނަވާރަކަށް ބަދަލުވުމެއް ނޫނެވެ. އޭނާގެ އަޚްލާޤް ބަދަލުވުމެވެ. ޖަނަވާރުން ކުރާ ޒާތުގެ އަނިޔާވެރިކަންކަން ކުރެވުމެވެ. ޖަނަވާރު ފަދައިން އަޑުލައްވައި އަނިޔާވެރި ޢަމަލުތައް ކުރެވޭ މީހަކަށްވެގެންދިއުމެވެ.

ނަތީޖާއަކަށްވާނީ މުޖުތަމައުގެ އިތުރުން އަމިއްލަ ޢާއިލާގައިވެސް އެމީހަކަށް އެއްވެސް ޤަދަރެއް ނެތުމެވެ. އިޙްތިރާމް ގެއްލުމެވެ. މީސްތަކުން ރުލިއައިސް ނަފްރަތުކުރާ މީހަކަށްވެގެންދިއުމެވެ.

އެމީހެއްގެ ކިބައިގައި ހުންނަ ނުބައި ސިފައެއްގެ ސަބަބުން އެމީހަކަށް މީސްތަކުން، ޚާއްޞަކޮށް އަމިއްލަ ޢާއިލާއިން ނަފްރަތުކުރާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ނުލިބޭނެއެވެ. އެހެނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ އަދި އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންނަށް ހެޔޮކޮށް ހިތުމަށެވެ. އޯގާތެރިވުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން