ދަރިންނަށް ރަނގަޅު މުސްތަޤްބަލަކަށް އެދޭނަމަ އެންމެ ކުޑައިރުވެސް ދޮގު ބުނަން ފުރުޞަތު ނުދީ ފިޔަވަޅުއަޅަންޖެހޭނެ! ޙައްލުވެސް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދަރިންނަށް ރަނގަޅު މުސްތަޤްބަލަކަށް އެދޭނަމަ އެންމެ ކުޑައިރުވެސް ދޮގު ބުނަން ފުރުޞަތު ނުދީ ފިޔަވަޅުއަޅަންޖެހޭނެ! ޙައްލުވެސް މިއޮތީ!

ކުޑަކުދިންނަކީ އެކުދިން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެ ބައެއްކަމާއިމެދު ބެލެނިވެރިން ވިސްނަންވާނެއެވެ. ދަރިންނަސް އިތުބާރުކުރަންވާނެއެވެ. ނަމަވެސް އެއީ ދަރިން ދައްކާ ހުރިހާ ވާހަކަތަކެއް ޤަބޫލުކުރުމެއް ނޫނެވެ. 

ދަރިއަކު ކަމަކަށް އެދިގެން ބުނާ ވާހަކައާއިމެދު ކިރިޔާވެސް ޝައްކެއް އުފެދޭނަމަ އެކަން ބަލައި ޗެކްކޮށްލަންވާނެއެވެ. ޗެކްނުކޮށް ކަންކަންކޮށްދިނުމުން ދެން ނުކުންނަ ނަތީޖާއަކީ އެއްގޮތަކަށްވެސް ރަނގަޅު ނަތީޖާއެއް ނޫނެވެ. ސަބަބަކީ ދޮގުބުނުމުން އެކަމެއް ކާމިޔާބުވާނަމަ ދޮގުބުނުމުގެ ނުބައި އާދަ ކުދިންގެ ކިބައިގައި ހަރުލާނެތީއެވެ. އަދި ބޮޑުވެގެން އަންނައިރުވެސް ކުއްޖާގެ ކިބައިގައި އެނުބައި އާދަ ހަރުލާފައި ހުންނާނެތީއެވެ. 

ދަރިންނަށް ގޭތެރެއިން ނުވަތަ މައިންބަފައިން ދޭންޖެހޭ އެންމެ މުހިންމު ތަރުބިއްޔަތަކީ މިފަދަ ނުބައި އާދަތައް ކުދިންގެ ކިބައިގައި ހަރުނުލާނެ ގޮތަށް ތަރުބިއްޔަތުކުރުމެވެ. އެކަން ޙާޞިލްކުރެވޭނީ މަންމަ ޢާއި ަބއްޕަ ޢާއި އަދި ޢާއިލާގެ އެންމެންވެސް އެކަމަށް އެއްބާރުލުންދީ މަސައްކަތްކޮށްގެންނެވެ. 

ތިމާ ދައްކާ ވާހަކަ މައިންބަފައިން ނުވަތަ ބެލެނިވެރިން ޗެކްކުރާނެކަން ކުދިންނަށް އެނގިފައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަން ކުދިންނަށް އެނގޭނަމަ ޒިންމާދާރުވާން މަސައްކަތްވެސް ކުރާނެއެވެ. ވީމާ އެއީ ދަރިފުޅު ނުރުހިދާނެތީ ނުކޮށް ދޫކޮށްލަން އޮތް ކަމެއް ނޫނެވެ. 

ކުޑަކުދިން ދޮގުހަދަނީ އެކުރެވެނީ ކިހައިވަރެއްގެ ނުބައިކަމެއްކަން އެނގިތިބެއެއްވެސް ނޫނެވެ. ހަމައެކަނި އެކުދިން ބޭނުންވާ ކަންކަން ޙާޞިލްކޮށްލުމަށްޓަކައެވެ. އެހެނަސް އެކަމުގެ ނަތީޖާއަކަށްވެގެންދާނީ އެނުބައި އާދަ ކުދިންގެ ގައިގައި ހަރުލައި ވަޒީފާއަދާކުރަން ފެށުމުންވެސް އެކަން ފިލުވައި ނުލެވުމެވެ. އަދި ޒަވާޖީ ޙަޔާތެއް ފެށުމަށްފަހުގައިވެސް ދޮގުހެދުމެވެ. 

މިފަދަ ހުރިހާ ކަންކަމަށް ބެލުމުން އެނގިގެންދާ ކަމަކީ ދަރިންގެ ކިބައިގައި ދޮގު ނުބުނުގެ އާދަ ހަރުލެއްވުމުގެ މުހިންމު ކަމެވެ. އެކަމަކީ ކުއްޖާގެ މުޅި ޙަޔާތާއިވެސް ގުޅިގެންދާނެ ކަމަކަށްވާނެތީއެވެ. 

މިކަމަށް އޮތް ޙައްލަކީ ކުއްޖަކު ދޮގެއް ބުނެފިނަމަ ޢުމުރާއި ގުޅޭގޮތުން އަބަދުވެސް ފިޔަވަޅު އެޅުމެވެ. އެއިގެ ތެރޭގައި ކުއްޖާ އެދުނުކަންތައް ކޮށްނުދިނުމާއި ދޭ ބައެއް ޢިނާޔަތްތައް ނުދީ ހިފެހެއްޓުމަކީވެސް ކުރެވިދާނެ ކަންކަމެވެ. 

- އަލަފް

މިއަދު އޮންލައިން