ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުގެ ލިސްޓް ދިގުވުމަކީ މައްސަލައެއް ނޫނެވެ! ޙައްލު މިއޮތީ!: ޝައިޚް ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުގެ ލިސްޓް ދިގުވުމަކީ މައްސަލައެއް ނޫނެވެ! ޙައްލު މިއޮތީ!: ޝައިޚް ވައްހާޖް ޠަރިން

ކަންބޮޑުވާންޖެހިގެން ތިއައުޅެނީ ކޮންކަމެއް ކުރިމަތިވެގެން ހެއްޔެވެ؟ ފައިސާ ނެތިގެންހެއްޔެވެ؟ ކައިވެނީގައި މައްސަލަޖެހި ވަރިފަށަށް އަރައިގެންހެއްޔެވެ؟ ވަޒީފާ ނުލިބިގެންހެއްޔެވެ؟ ދިރިއުޅެން ޖެހިފައިވާ ދަތިޙާލުގެ ސަބަބުން ހެއްޔެވެ؟  

ނިކަން ބުނެބަލާށެވެ؟ ދިރިއުޅުމުގައި ދަތިތައް ދިމާވުމުން އެކަންކަން ޙައްލުނުކުރެވިގެން ކަންބޮޑުވާންޖެހެނީ އަހަރެމެންނަށެވެ. ކުރިމަތިވާ އެއްވެސް ކަމެއް ޙައްލުކޮށް ދެއްވެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް ތަކްލީފަކަށް ނުވެއެވެ. އިރާދަކުރައްވަވާއިރަށް އޮންނާނީ އެކަމެއް ޙއްލުވެ ނިމިފައެވެ. 

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއް ޙައްލުކުރުމުގެ ވަސީލަތް ނުވަތަ ތަޅުދަނޑި ﷲ ތަޢާލާ ވަނީ އަހުރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުމެވެ. ތަޤްވާވެރިވުމެވެ.  

ﷲ ތަޢާލާއަށް ތަޤްވާވެރިވެއްޖެ މީހަކަށް އެމީހަކަށް ހީވެސް ނުކުރެވޭނެހައި ގޮތަކުން އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެކަމަކު އެކަން ވިސްނި ޤަބޫލުކޮށް ޤަބޫލުކުރެވެނީ ހާދަ މަދުމީހަކަށެވެ.  

ބަލަންވީ ކުރަންހުރި ޝަކުވާތަކުގެ ލިސްޓަކަށް ނޫނެވެ. ޙާޞިލްނުކުރެވިހުރި ކަންކަމުގެ ލިސްޓަކަށްވެސް ނޫނެވެ. ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުގެ ލިސްޓަކަށްވެސް ނޫނެވެ. އެލިސްޓް ކިތަންމެ ދިގުވުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ބަލަންވީ ތަޤްވާވެރިވެވޭތޯއެވެ. ތަޤްވާވެރިކަން އިތުރުކުރެވޭތޯއެވެ. އެއިރުން ހުރިހާ މައްސަލަތައްވެސް އޮންނާނީ ޙައްލުކުރެވިފައެވެ. އިން ޝާ ﷲ  

- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން  

މިއަދު އޮންލައިން