ނަމާދަށް ދެވޭ ސަމާލުކަން ކުޑަވަމުން އައިސް ބައެއް މީހުން ނަމާދުކުރަނީ އެމީހަކަށް ކުރަން ފަސޭހަ ވަޤުތަކުއެވެ. މަސައްކަތްކުރަން އުޅެނިކޮށް ނަމާދުގެ ވަޤުތު ފާއިތުވެއްޖެނަމަ ޤަޟާކުރުންވެސް އާދައަކަށް ހަދައިގެން އުޅޭ މީހުންވެސް ދަނީ ގިނަވަމުންނެވެ. މިއީ ކިހައިވަރެއްގެ ބިރުހުރި ކަމެއްކަން ވިސްނޭނަމަ އެކަން އެގޮތަކަށް ނުކުރާނެއެވެ.
އޮޕަރޭޝަންކުރާ ޑޮކްޓަރުންނަށް އެމީހުންގެ މަސައްކަތު ގަޑީގައިވެސް ނަމާދު އެޅުން ހުއްދައެއް ނޫނެވެ. ޖަމްޢު ކުރެވޭ ނަމާދު ޖަމްޢްކުރާށެވެ. ނޫންނަމަ ޖެހޭނީ ވަގުތުގައި ނަމާދުކުރާށެވެ!
އޮޕަރޭޝަންކުރަން ހުއްޓާ ނުހިފެހެއްޓޭވަރަށް ބޮޑުކަމުދާންޖެހިއްޖެ ނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ (މާނައަކީ އޮޕަރޭޝަންކުރުމާ ދުރަށްދާން މަޖުބޫރުވާ ޙާލަތެއް ކުރިމަތިވެއްޖެނަމަ ޖެހޭނީ އެކަމެއް ކުރަން އޮޕަރޭޝަންކުރުން ހުއްޓައިލާށެވެ. ނަމާދު ނުއެޅޭނެއެވެ.)
-- ޝައިޚް ޢާޞިމް އަލްޙަކީމް
ދިރިއުޅެން މަސައްކަތްކުރުމުގެ ނަމުގައި ނަމާދުއަޅާ މީހުން ބިރުވެތިވާށެވެ! އިންސާނުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ ޑޮކްޓަރުންނަށް އޮތް ޙުކުމަށް ވިސްނައިލުމުން ނަމާދު އަލާފައި މަސައްކަތްކުރަން ހުރެވޭނެ އެއްވެސް ގޮތެއްނެތްކަން އެނގިގެންދެއެވެ.