މީހަކު ތިބާ ދެކެ ލޯބިވާކަމަށް ބުނެފިނަމަ މިމަގުން ޢަމަލުކުރަން އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މީހަކު ތިބާ ދެކެ ލޯބިވާކަމަށް ބުނެފިނަމަ މިމަގުން ޢަމަލުކުރަން އަވަސްވެގަންނާށެވެ!

އަހުރެން ތިބާ ދެކެ ލޯބިވާކަމަށް ބުނެފިނަމަ ފުރަތަމަވެސް ކުރަންވާނެ ސުވާލަކީ އަހުރެން ދެކެ ލޯބިވަނީ ކީއްކުރަންތޯ އެވެ؟ ހަމަ ލޯބިވަނީކަމަށް ބުނެފިނަމަ އެއީ ފައިދާހުރި ޖަވާބެއް ނޫނެވެ. ފައިދާހުރި ޖަވާބަކަށް ވާނީ ލޯބިވަނީ ކައިވެނިކުރަން ކަމަށް ބުނެފިނަމައެވެ.  

ތިބާ އެމީހަކާއި ރުހޭ މީހަކު ތިބާދެކެ ލޯބިވާ ކަމަށާއި ލޯބިވަނީ ކައިވެނިކުރަން ކަމަށް ބުނެފިނަމަ ވަޤުތު ނަގާނުލައި އަވަހަށް ކައިވެނިކުރާށެވެ.  

ދެން އޮތީ މީހަކަށް ރުހުމުގެ ޝަރުޠުތަކެވެ. އެ ޝަރުޠުތައް ވާންޖެހޭނީ ތިބާގެ ބައިވެރިޔާގެ ކިބައިން ތިބާ ބޭނުންވާ ކަންކަމަށެވެ. މިޘާލަކަށް، ދީންވެރި، އަޚްލާޤް ރަނގަޅު، ހިތްހެޔޮ، އޯގާތެރި، ދިރިއުޅެން މަސައްކަތްކުރާ ފަދަ ޝަރުޠުތަކަށެވެ.  

ލޯބިވެގެން އުޅޭތާ އެތައް ދުވަހެއްވާއިރުވެސް ކައިވެނި ނުކުރެވި ލަސްވަނީ ކުރިން ބުނިފަދައިން މީހާ ދެކެ ލޯބިވީނަމަވެސް ކައިވެނިކުރަން ލޯބިނުވެވޭތީއެވެ. ކައިވެނިކުރަން ލޯބި ނުވެވޭ މީހަކު ދެކެ ލޯބިވެގެން އޮންނާނީ ކައިވެނި ނުކުރެވިފައެވެ.  

ކުރީ ޒަމާނުގައި ލޯބިވެގެން އުޅުމެއް ނުއޮވެއެވެ. އޮންނަނީ ލޯބިވެއްޖެ ނަމަ އަވަހަށް ކައިވެނިކުރުމެވެ. ދެން ބުނާނީ އެޒަމާނުގައިވެސް ވަރިކުރާ ވާހަކައެވެ. ހުރިހާ ޒަމާންތަކެއްގައިވެސް ވަރިކުރެއެވެ. ވަރިކުރި ނަމަވެސް ލޯބިވުމުން (ޝަރުޠުތައް ފުރިހަމަވާނަމަ) އަވަހަށް ކައިވެނިކުރުމުން ކުރެވޭ ފާފަތައް މަދުވާނެއެވެ. ނުވަތަ ފާފަތަކެއް ނުކުރެވޭނެއެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. މަސައްކަތްކުރަންވީ ފާފަ ނުކުރުމަށެވެ. ފާފަކުރުމުން ސަލާމަތްވެ ހުރެވޭނީ ކައިވެނިކުރުމުންނެވެ. ވީމާ މިބުނި ބަސްކޮޅަށް ވިސްނާލައި ފާފަކުރުމުން ދުރުހެލިވެ ތިބެން މަސައްކަތްކުރާށެވެ. އުފާވެރިކަން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ  

- އަލަފް

މިއަދު އޮންލައިން