މުސްލިމުންގެ ޙިތްތަކަށް މިހާރަށްވުރެ އަނިޔާކުރާ މުސްލިމް ލީޑަރުން ތިބި ދުވަސްވަރެއް އެނގެން ނެތްކަމަށް ވިދާޅުވެ އިމާމް ޢުމަރު ސުލައިމާން ކަންބޮޑުވުން ފައުޅުކުރައްވައި ވިދާޅުވެފައިވާ މި ބަސްފުޅުގެ އަޑު ރާއްޖޭގެ ވެރިންނަށް އިވުން މުހިންމުކަން ފާހަގަކުރެއެވެ.
"ފައުޅުކަން ބޮޑު ގޮތެއްގައި މުސްލިމުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާފައިވާ ޤައުމުތަކުގެ ވެރިންނަށް އެހީތެރިވެ އެމީހުންނާއި ގުޅުން ބަދަހިކުރުމުގައި މިހާރަށްވުރެ މުސްލިމް ޤައުމުތަކުގެ ވެރިން ކުރިއަރާފައިވާ ޒަމާނެއް ތާރީޚުން ފެންނާކަށް ނެތް! އަދި މިއީ މުސްލިމުންނަށް ތަދު ވަރަށް ބޮޑަށް އިޙްޞާޞްކުރަންޖެހިފައިވާ ކަމެއް!"
- އިމާމް ޢުމަރު ސުލައިމާން
މިއާޔަތް މުސްލިމް ޤައުމުތަކުގެ މިހާރުގެ ވެރިންނަށް ފެނިވަދައިގަންނަވާ ކަމަކަށް ނުވެއެވެ.
" އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اﷲ ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ." (ބަޤަރާ: 120)