ޝައިޠޯނާ އެންމެ އުފާވާ، އެންމެ ބޮޑު ޝަރަފްދޭ، އެންމެ އަގުބޮޑު އިނާމްދޭ ކަންތައް--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޝައިޠޯނާ އެންމެ އުފާވާ، އެންމެ ބޮޑު ޝަރަފްދޭ، އެންމެ އަގުބޮޑު އިނާމްދޭ ކަންތައް--

އަޅުގަނޑުގެ އެކުވެރިއަކު ހުރެއެވެ. އޭނާއަކީ އެކުވެރިންނަށްވެސް ޢާއިލާގެ މީހުންނަށްވެސް ރަނގަޅު މީހެކެވެ. އަނިމީހާއަށްވެސް ކަންކަން ކުރަނީ ހެޔޮކޮށެވެ. އެކަމަކު ކުޑަ ދުވަސްކޮޅަކަށްފަހު ވަރިކޮށްލައެވެ. ބައެއް މީހުން ބުނަނީ އޭނާގެ ސިކުނޑީގައި މައްސަލައެއް އުޅެނީކަމަށެވެ. އެކަން އެހެންވެދާނެތޯއެވެ؟ 

ޖަވާބުގައި ބުނެލަން ޖެހެނީ ސިކުނޑީގެ މައްސަލައެއް އުޅޭކަން ޔަޤީންކުރެވޭނީ ޑޮކްޓަރުންނަށެވެ. ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ރަނގަޅުވާނެއެވެ. ދެން އޮތީ އެކަމުގައި ޝައިޠޯނާ ބައިވެރިވާކަން ބެލުމެވެ. އޭނާ އެހުރީ ޝައިޠޯނާގެ ކަސްތޮޅެއްގައިކަމަށްވުމެވެ. ވީމާ ތިއަ އެކުވެރިޔާ އިސްލާމްދީނުގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު ޗެކްކޮށްލާށެވެ! ޝައިޠޯނާގެ ކަސްތޮޅެއްގައިވާނަމަ ހުރިހާ އެކުވެރިންވެގެން އޭނާ އަވަހަށް އެކަސްތޮޅުން ސަލާމަތްކުރާށެވެ. 

އިނދެވަރިކުރުން ގިނަކުރުވަން ޝައިޠޯނާ ކުރާ މަސައްކަތުގެ ވަރަށް ކުޑަކުޑަ މިންވަރެއް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ވަރިކުރުމާއި ވަރިވުމާއިމެދު ފުންކޮށް ވިސްނަންޖެހޭ ސަބަބުތަކުގެ ތެރޭގައި 1 ޝައިޠޯނާ އެންމެ ބޮޑަށް ކުރުވަން ބޭނުންކަންތައް 2 ޝައިޠޯނާ އެންމެ އުފާވާ ކަންތައް 3 އެކަންކުރުވުމުން އެކަންކުރުވި ޝައިޠޯނަކަށް އެންމެ ބޮޑު އިނާމްދޭ ކަންތައް  މި 3 ސަބަބު ހިމެނެއެވެ. 

ދެމަފިރިއަކު ވަރިކޮށްފިނަމަ އިބިލީސް އުފަލުން ގޮނޑިން ފުންމައިގެން ތެދުވެ ކައިވެނި ރޫޅައިލަން މަގުފަހިކުރި ޝައިޠާނާގެ ގައިގައި ބައްދައި އޮޅުލައިހަދައެވެ! މިހާރުގެ ބަހުންނަމަ "ހަގް"ކުރެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އިބިލީހުގެ ބަހަށް ހެއްލޭނެ އިތުރު ބައަކު ލިބުމުންނެވެ. ކައިވެނި ރޫޅުމަކީ ދެމީހުން ލައްވައިވެސް ފާހިޝް އަމަލުތައް ހިންގުވައި ކޮށްޕައި ނަރަކައާ ދިމާއަށް ގެންގޮސް ނަރަކައަށް ވައްޓައިލަން ފަސޭހަ ކަމަކަށްވާތީއެވެ. ދެމީހުންގެ ދަރިންތައް ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން މަގުފުރައްދައިލަން ފަސޭހަވާނެތީއެވެ. މައިންބަފައިންގެ އިތުރުން ދަރިންކޮޅުވެސް އަތުލައގަނެވޭތީއެވެ. 

މީސްތަކުންނޭވެ! ކަން މިހެން ހުރުމުން ވަރީގެ މައްސަލަ ހިތަށް ގެންނަން ވެސް ވާނީ ޙައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. މިދެވެނީ އަލިފާނާއި ދިމާއަށް ކަމަށާއި ފިހިދާނެ ކަމަށް ބިރުވެތިވާން ވާނެއެވެ. ފިހުނު ނަމަވެސް ހެޔޮ ކަމަށް ކަންކަން ކުރަންޖެހޭ ޙށާލަތަށް ދިއުމުން ނޫނީ ވަރީގެ މައްސަލަ ހިތަށްވެސް ނުގެންނާށެވެ. އެހެނީ ވަރީގެ ވަށައިގެން ވަނީ އަލިފާނެވެ. އެ އަލިފާނުން ސަލާމަތް ވެވޭނީ ވަރަށް މަދު މީހަކަށެވެ. ސަލާމަތް ނުވެވޭވަރަށް އިބިލީސް އެމީހަކު ވަށައިލާނެތީއެވެ.

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން