އުފާވެރިކަން ނެތިކޮށްލާ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
އުފާވެރިކަން ނެތިކޮށްލާ ބައެއް ސަބަބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެން އިންސާނުން ދުނިޔޭގައި އުޅޭއިރު އަބަދުވެސް ބޭނުންވާނެ އެއްކަމަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އެކީގައި އުޅުމެވެ. އަދި ނުބައި ޢަމަލުތަކާއި އިންސާނާ ކައިރި ވާނަމަ އޭނާގެ ހިތްހަމަޖެހުމާއި އުފާވެރިކަން ނެތިކޮށްލައެވެ. އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ އިންސާނުންގެ އުފާވެރިކަން ނެތިކޮށްލާ ބައެއް ސަބަބުތަކެވެ.

· ފާފަތަކަށް އަރައިގަތުން: 

އިންސާނުންނަށް ދުނިޔޭގައި އުޅޭއިރު އެކި ފާފަތަކަށް އަރައިގަނެވެެއެވެ. ނަމަވެސް އެންމެ ރަނގަޅު މީހުންނަކީ ފާފައެއް ކުރެވުމުން އެކަމަށް ތައުބާވާ މީހުންނެވެ. ފާފަތަކުގެ ސަބަބުން މީހާގެ އުފާވެރިކަން ނެތިކޮށްލައެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން އެދޭމީހާއަށް އޮތީ ގިނަގިނައިން އަސްތަޣްފާރުކިޔުމެވެ. أستغفر الله ކިޔުމެވެ. 

· ހަސަދަވެރިވުން:  

އެހެން މީހުންނަށް ޙަސަދަވެރިވުމަކީ ވަރަށް ނުބައި ޢަމަލެކެވެ. ޙަސަދަވެރިކަމުގެ ސަބަބުން ފިތުނަތައް އުފެދި މީހުންގެ ތެރޭގައި ބައިބައިވުން އުފެދިގެން ދެއެވެ. 

އެގޮތުން ޔޫސުފް ސޫރަތުގެ 8، އަދި 9 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ ﴿٨﴾‏ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ 

މާނައީ: "އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ جماعة އެއްކަމުގައި ވާހިނދުވެސް، يوسف ގެފާނާއި، އޭނާގެ أخ (بنيامين) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ. (8) ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) صالح ރަނގަޅު ބައެއްކަމުގައި ވާނީއެވެ. (9)" 

މިއީ ޔޫސުފްގެފާނުގެ އަޚުންގެ ހިތުގައި ޙަސަދަވެރިކަން އުފެދުނު ގޮތާއި ޔޫސުފްގެފާނުގެ އަޚުންގެ ހިތުގައި ޙަސަަދވެރިކަން އުފައްދުވަން ޝައިޠޯނާ ކުރި މަސައްކަތުގެ ވާހަކައެވެ.

· ކިބުރުވެރިކަން:

ކިބުރުވެރިކަމަކީ ވަރަށް ބޮޑު ފާފައެކެވެ.

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

"لا يَدْخُلُ الجَنَّةَ مَن كانَ في قَلْبِهِ مِثْقالُ ذَرَّةٍ مِن كِبْرٍ قالَ رَجُلٌ: إنَّ الرَّجُلَ يُحِبُّ أنْ يَكونَ ثَوْبُهُ حَسَنًا ونَعْلُهُ حَسَنَةً، قالَ: إنَّ اللَّهَ جَمِيلٌ يُحِبُّ الجَمالَ، الكِبْرُ بَطَرُ الحَقِّ، وغَمْطُ النَّاسِ." 

މާނައީ: “ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވައި މީހާ ސުވަރުގެ ނުވަންނަ ހުއްޓެއެވެ. މީހަކު ދެންނެވިއެވެ. ހަމަކަށަވަރުން (ކޮންމެ) މީހަކުވެސް އެމީހެއްގެ ހެދުމާއި އަދި އެމީހެއްގެ ފައިވާން ރީއްޗަށް ބަހައްޓަން ލޯބިކުރެތެވެ. ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ އީ ރިވެތިވަންތަ އިލާހްއެވެ. އަދި އެކަލާނގެ ރިވެތިވަންތަކަމަށް ލޯބިކުރައްވަތެއެވެ. ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމެވެ. އަދި މީސްތަކުން ނިކަމެތި ކުރުމެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

 

 

މިއަދު އޮންލައިން