ވަސީމާ ބުނަނީ ފިރިމީހާ ބޭރުން ކެއުން ގިނަކުރާ ވަރަކަށް ގޭގަ ކައްކާ އެއްޗެތި ކަމުނުދާތީ ކުރާ ޝަކުވާ ގިނަވާކަމަށް! އެކަން ޤަބޫލުކުރައްވަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވަސީމާ ބުނަނީ ފިރިމީހާ ބޭރުން ކެއުން ގިނަކުރާ ވަރަކަށް ގޭގަ ކައްކާ އެއްޗެތި ކަމުނުދާތީ ކުރާ ޝަކުވާ ގިނަވާކަމަށް! އެކަން ޤަބޫލުކުރައްވަންތޯ؟

އެއީ ވަރަށް ފަޤީރު ޢާއިލާއެކެވެ. ދިރިއުޅެމުން ދިއައީ ވަރަށް ފަޤީރު ޙާލުގައެވެ. ޖިފުޓިއެއްގައެވެ. 

އެއްދުވަހަކު ދަރިފުޅަށް ގޮވާލާފައި ނަޞޭޙަތެއް ދިނެވެ. އެ ނަޞޭޙަތަކީ އަބަދުވެސް 3 ކަމެއްގައި ހިފެހެއްޓުމެވެ. ފުރަތަމަ ކަމަކީ އެންމެ މީރު ކާނާ ނޫނީ ނުކެއުމެވެ. ދެވަނަ ކަމަކީ އެންމެ އަރާމު އެނދުގައި ނޫނީ ނުނިދުމެވެ. 3 ވަނަ ކަމަކީ އެންމެ ހިތްހަމަޖެހޭ ގެއެއްގައި ނޫނީ ނުއުޅުމެވެ. 

ބައްޕަގެ މިނަޞޭޙަތް އަޑުއަހާފައި ދަރިފުޅަށް ވަރަށް ބޮޑު ސިހުމެއް ނުވަތަ ޙައިރާންކަމެއް ލިބުނެވެ. އެހެންވެ ސުވާލުކުރިއެވެ. "ބައްޕާއެވެ! މިހައި ފަޤީރު ޙާލުގައި އުޅެމުން ތިއަކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟" 

ބައްޕަ ބުންޏެވެ. "ލޯބިވާ ދަރިފުޅާއެވެ! ބަނޑުހައިވުމުން ނޫނީ ނުކާށެވެ! އެއިރުން ކެވޭނީ އެންމެ މީރު ކާނާއެވެ. މަސައްކަތް ކޮށްކޮށް ވަރުބަލިވުމުން ނޫނީ ނުނިދާށެވެ! އެއިރުން ނިދޭނީ އެންމެ އަރާމު އެނދުގައެވެ. މީހަކަށް ހެޔޮކަމެއް ކޮށްދޭން ލިބޭ ކިތަންމެ ކުޑަ ފުރުޞަތެއްވެސް ދޫކޮށް ނުލާށެވެ! މީސްތަކުންގެ ހެޔޮ ދުޢާ ލިބޭމީހާގެ ގޭގައި އޮންނާނީ ހިތްހަމަޖެހުމެވެ. އެހެނީ މިސްތަކުންނަށް ހިތްހަމަޖެހުން ހޯދައިދޭ މީހާއަށް ﷲ ތަޢާލާ ހިތްހަމަޖެހުން ދެއްވަވާނެތެވެ. އިން ޝާ ﷲ" 

މިއީ އަޅުގަނޑަށް ވީޑިއޯއަކުން ފެނުނު ވާހަކަކޮޅެކެވެ. މި ވާހަކަކޮޅުގައި ހިމެނޭ 3 ނަޞޭޙަތަކީވެސް ވަރަށް ފައިދާހުރި ކަންކަން ކަމަށް ޤަބޫލުކުރެވުނީމާ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީއެވެ. 

މި 3 ކަންތަކުގެ ތެރެއިން އެންމެ މީރުކޮށް ކެއުމުގެ މައްސަލައިގައި އަމިއްލަ ތަޖުރިބާއެއްވެސް ބުނެލާނަމެވެ. އަޅުގަނޑުގެ ފިރިމީހާ ބޭރުން ކެއުން ގިނަކުރާވަރަކަށް ގޭގައި ކައްކާ އެއްޗެތި ކަމުނުގޮސްގެން ކުރާ ޝަކުވާ ގިނަވެއެވެ. ޤަބޫލުކުރެވޭ ގޮތުން އެއީ ބޭރުން ބަނޑުފުރައިގެން ގެއަށް އަންނާތީއެވެ. 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން