ބިރުވެތިވާން ބޭނުން މީހުން ވިސްނުމަށް!: ހިސާބު ބެއްލެވޭނެ ވަގުތުގެ ކުޑަ ތަޞައްވުރެއް: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބިރުވެތިވާން ބޭނުން މީހުން ވިސްނުމަށް!: ހިސާބު ބެއްލެވޭނެ ވަގުތުގެ ކުޑަ ތަޞައްވުރެއް: ބިލާލް އައްސަދު

ޤިޔާތަް ދުވަސް އަންނާނެ ކަމާއި ޙިސާބު ބެއްލެވޭނެކަން އެއީ އެއްވެސް މުސްލިމަކު ދެބަސްވާނބެ ކަންކަމެއް ނޫނެވެ. ޤަބޫލުނުކުރެވިގެން މިއުޅެނީ ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. ވީމާ އަދިވެސް ވިސްނައިލާށެވެ! 

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ މައިދާނުގައި ﷲ ތަޢަލާ ވޮޑިގެންވީ ނަމަވެސް ނަރަކައަށް ދާން ޖެހޭ އެއްވެސް މީހަކަށް ﷲ ތަޢާލާއެއް ނުފެންނާނެއެވެ. އެމީހުން ރޮއި އާދޭސް ދަންނަވަމުން ގެންދިއަ ނަމަވެސް އެ އިން އެއްވެސް އަޑެއް ﷲ ތަޢާލާ އައްސަވައިވޮޑިއެއް ނުގަންނަވާނެތެވެ. އެމީހުންނަށް އެއްވެސް ޖަވާބެއް ވެސް ނުދެއްވަވާނެތެވެ. 

ހިސާބު ބެއްލެވޭނީ ކޮންމެ މީހަކުވެސް ވަކިވަކިންނެވެ. އެމީހެއްގެ ފުރުޞަތު ޖެހުމުން މިވެނި މީހެއްގެ ދަރި މިވެނި މީހަކަށް މަލާއިކަތުން ގޮވައިލައްވަވާނެތެވެ. އެހިނދު ނަރަކަވަންތަވެރިން ގަންނަ ބިރު ބޮޑުކަމުން އެމީހުންގެ ކުލަ ބަދަލުވެގެންދާނެތެވެ. އެމީހުންގެ ކުލަބަދަލުވެގެންދާތަން ފެނިވަޑައިގަތުމުން މަލާއިކަތުންނަށް އެއީ ނަރަކަވަންތަވެރިއެއްކަން އެނގިވަޑައިގަންނަވާނެތެވެ. 

ނަރަކަވަންތަވެރިން ފާހަގަކުރެވުމާއިއެކު 50 މަލާއިކަތުން އެމީހާ ވަށައިލައްވަވާނެތެވެ. އަދި އެހިސާބުން ފެށިގެން އެމީހަކަށް ޢަޛާބު ދެއްވަވަން ފަށްޓަވާނެތެވެ. އެމީހަކު ކުރި ފާފައިގެ ދަރަޖައިންނެވެ. އެމީހެއްގެ ހަށިގަނޑު ވަށައިލެވިގެންދާނެއެވެ. ނަރަކައަށް ގެންދެވޭނީ އުކައިލެވެމުންނެވެ.  

ޤިޔާމަތް ދުވަހު ކަނާތަށް ފަތް ލިބޭ މީހުންގެ އަމަލުތައް ހިސާބު ބެއްލެވޭނީ އުފާވެރި ގޮތަކަށެވެ. ހިސާބު ބެއްލެވުމުގެ ވަގުތު އެމީހާގެ އަމަލުތައް އެމީހާގެ ކުރިމަތީގައި ބެހެއްޓެވޭނެތެވެ. ބެހެއްޓެވުމާއިއެކު އެމީހުންނަށް ޞިރާޠުމަގު ހުރަސް ކުރުމުގެ ފުރުޞަތު ދެއްވަވާނެތެވެ. އުފާވެރިކަން ލިބޭނެ ބައަކީ އެއީއެވެ. އެމީހުން އަމަލުތައް ފެނުމާއިއެކު އެމީހުންނަށް އުފާވެރިކަން ލިބިގެންދާނެތެވެ. 

ވައަތަށް ފަތް ލިބޭ މީހުންގެ އަމަލުތައް އެމީހާގެ ކުރިމަތީގައި ބެހެއްޓެވުމާއިއެކު އެމީހާ އެ އަމަލުތަކަށް އިންކާރުކުރަން ފަށާނެއެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެއެވެ. އެމީހާ އިންކާރުކުރާ ވަރަކަށް އަމަލުތައް ދާނީ ޖަވާބުދެމުންނެވެ. އެފަދަ މީހުން ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން