ސުންނަތް ނަމާދުކުރުމާ ސުންނަތް ރޯދަހިފުމާ ޞަދަޤާތްކުރުމަށްވުރެ ފައިދާހުރި، ފަސޭހައިން ކޮށްލެވޭ ކުޑަކުޑަ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސުންނަތް ނަމާދުކުރުމާ ސުންނަތް ރޯދަހިފުމާ ޞަދަޤާތްކުރުމަށްވުރެ ފައިދާހުރި، ފަސޭހައިން ކޮށްލެވޭ ކުޑަކުޑަ ޢަމަލެއް!

ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގިއްޖެނަމަ އެއްބައަކު ބަލަނީ އެކަން އިތުރަށް ހޫނުކުރެވޭތޯއެވެ! ދެމީހުންގެ މެދުގައި މައްސަލަ އިތުރަށް ގޯސްކުރެވޭތޯއެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ އެއީ އުފަލެއް ކަމަށް ދެކޭ ބައަކުވެސް އެބައުޅެއެވެ. 

އެކަމަކު އެނގޭހެއްޔެވެ؟ ދެ އަޚުންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުވައި ޞުލްހަވެރިކުރުވުމަކީ ސުންނަތް ނަމާދުކުރުމާއި ސުންނަތް ރޯދަހިފުމާއި އަދި ޞަދަޤާތް ދިނުމަށްވުރެވެސް މަތިވެރި އަޅުކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އެހެންކަމަށްވާއިރު ދެމީހަކު ޞުލްޙަވެރިކުރުވަން ކުރެވޭ މަސައްކަތަށް ދެއްވަވާ ބޮޑު ދަރުމަ ނިކަން ދެކި ބަލާށެވެ! ޢާއިލާއެއްގެ ތެރޭގައިވެސް އަދި އެކުވެރިންގެ މެދުގައިވެސް، އަވަށްތެރިންގެ މެދުގައިވެސް އަދި އެއީ ކޮންމެ ދެމީހެއްގެ މެދުގައިނަމަވެސް އެއްވެސް މައްސަލައެއް ޖެހިގެން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ޙައްލުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދޮގުބުނުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. އެކަމަކު ދެމީހެއްގެ އުފެދިފައިވާ މައްސަލައެއް ޙައްލުކުރަން މަސައްކަތްކުރުމުގެ ތެރެއިން ދޮގުބުނުންވެސް ވަނީ ހުއްދަކުރައްވަވައިފައެވެ. 

ގިނަ ބައަކަށް މިއުޅެނީ ސުންނަތް އަޅުކަން ނުކުރެވިގެންނެވެ. ސުންނަތް ރޯދަހިފުމާއި ސުންނަތް ނަމާދުކުރުން ފަދަ އަޅުކަން ނުކުރެވިގެންނެވެ. ޞަދަޤާތެއް ކޮށްނުލެވިގެންނެވެ. އެހެންކަމަށްވާއިރު މިހައި ގިނަ ޘަވާބު ލިބެން އޮތް ޢަމަލެއް ނުކޮށް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/65500/ruling-on-disputes-and-the-virtue-of-reconciling-between-two-disputing-parties

 

މިއަދު އޮންލައިން