އެހެން މީހުންގެ ލޯތްބާ އިތުބާރު ބޮޑުވެ ދިރިއުޅެން ބޮޑުތަނުން ފަސޭހަވެގެންދާނެ 3 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެހެން މީހުންގެ ލޯތްބާ އިތުބާރު ބޮޑުވެ ދިރިއުޅެން ބޮޑުތަނުން ފަސޭހަވެގެންދާނެ 3 ސިފަ-

އެއްވެސް މީހަކު ތިބާގެ ގާތުގައި ސިއްރުވާހަކައެއް ބުނެފައިވަނިކޮށް ދެމީހުންގެ ދެމެދުގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނު ނަމަވެސް އަނެކާގެ ސިއްރު ބޭޒާރުނުކުރާށެވެ. އެސިއްރު ސިއްރެއްގެ ގޮތުގައި ހިފައިގެން ހިފައިގެން ކައްވަޅަށް ހިނގައްޖެނަމަ ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

އެހެނީ އެސިއްރަކީ އަމާނާތެކެވެ. އަމާނާތަށް ތެދުވެރިވުމަކީ އަޅުކަމެކެވެ. އަދި އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. 

ދެވަނަ ކަމަކީ މީހެއްގެ އަތުން ދަރަންޏެއް ނަގައިފިނަމަ އަދާކުރަން ބުނި މުއްދަތު ހަމަވެ ދައްކަން ބުނުމުގެ ކުރިން ދަރަނިއަދާކުރާށެވެ! ބަލަންވީ މުއްދަތު ހަމަވެ ދައްކަން ޖެހޭ ތާރީޚަކަށް ނޫނެވެ. ބަލަންވީ ތިމާއަށް ދަތިވެލައިގެން ނަމަވެސް ވީހާއަވަހަކަށް ދަރަނިއަދާކުރެވޭތޯއެވެ. 

އެއިރުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ތިބާގެ އިތުބާރު ބޮޑުވުމެވެ. ދެވަނަ ފަހަރު ދަރަންޏެއް ނަގަން ޖެހުނަސް އެއްވެސް ހިތްބުރަކަމެއް ނެތި ދޭހިތުން ދޭނެއެވެ. 

ތިންވަނަ ކަމަކަށް ވަޢުދެއް ވެއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް ފުއްދާށެވެ! ފުއްދޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމަ އެމީހެއްގެ ކިބައިން މާފުހޯދަން އަވަސްވެގަންނާށެވެ! އަދި ފުއްދޭނެ ކަމުގެ ޔަޤީންކަން ނެތް ވަޢުދު ނުވާށެވެ! 

އެއްވެސް މީހެއްގެ ކިބައިގައި މި 3 ސިފަ ހުރެއްޖެނަމަ އެމީހަކަށް މީސްތަކުންގެ ލޯބި ލިބެންފަށާނެއެވެ. ލޯބިލިބޭވަރު އިތުރުވެސްވާނެއެވެ. އިތުބާރުވެސް ބޮޑުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބޮޑުތަނުން ފަސޭކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ

- އަލަފް 

މިއަދު އޮންލައިން