ފުރާނަހިއްޕަވަން މަލަކުލްމައުތު ފޮނުއްވެވުމުގެ ކުރިން ބައިވަރު އިންޒާރުތައް ދެއްވަވާއިރުވެސް ޣާފިލުވެފަ ތިއަ ހުންނަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފުރާނަހިއްޕަވަން މަލަކުލްމައުތު ފޮނުއްވެވުމުގެ ކުރިން ބައިވަރު އިންޒާރުތައް ދެއްވަވާއިރުވެސް ޣާފިލުވެފަ ތިއަ ހުންނަނީ ކީއްވެ؟: މުފްތީ މެންކް

ﷲ ތައާލާ އަހުރެމެންގެ އެންމެހައި ކަންކަންވެސް ލައްވަވާފައިވަނީ ވިސްނައިފިކުރުކުތރާ މީހަކަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ ގޮތަށެވެ. މައްސަލައަކީ އަހުރެމެންނަށް އެކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ. ވިސްނާ މީހުންނަށް މިބުނާ ކަންކަން ވިސްނޭނެއެވެ. 

ޢާންމު ގޮތެއްގައި މީހުންގެ އުމުރުން 40 އަހަރުވުމަށްފަހު ހަށިގަނޑަށް ބަދަލުތައް އަންނަން ފަށައެވެ. ހަށިގަނޑު ބަލިކަށިވާން ފަށައެވެ. އިސްތަށީގެ ކުލަ ބަދަލުވާން ފަށައެވެ. މޫނުގައި ރޫޖެހެން ފަށައެވެ. މިފަދަ އެތައް ކަންކަމެއް މިންވަރުކުރައްވަވައެވެ. އެއީ ވަރަށް ބޮޑު ނިޢްމަތެކެވެ. އެހެނީ އެއީ ޢުމުރުގެ ފަހުކޮޅަށް އެޅިއްޖެ ކަމާއި ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ އިންޒާރުތަކެވެ. އެމީހާގެ ފުރާނަ ހިއްޕަވަން މަލަކުލްމައުތު ފޮނުއްވަވާނެ ވަޤުތަށް ތައްޔާރުވެ ހުރުމަށް ދެއްވަވާ އިންޒާރުތަކެވެ. 

ނަމަވެސް މަދު މީހަކަށް ނޫނީ އެކަންކަން ޤަބޫލެއް ނުކުރެވެއެވެ. ޢަމަލުތައް އިޞްލާޙެއް ނުކުރެވެއެވެ. އަޅުކަންކުރުން ގިނައެއް ނުކުރެވެއެވެ. ފާފަކުރުން މަދެއް ނުކުރެވެއެވެ. އެހެންކަމާއިއެކުވެސް މަރުވުމުން ސުވަރުގެ ބޭނުން ކަމަށްވެސް އެބަ ބުނެއެވެ. 

ޒުވާން އުމުރުގައިވެސް ޙަޔާތުގެ ދުވަސްތައް ހޭދަކުރަން ޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ފާފަކުރާނަމަ އެކަމަށް ދެއްވަވަން ހުރި ޢަޛާބް ދެއްވަވާނެތެވެ. އެހެންކަމާއިއެކު ވެސް ޢުމުރުން ދުވަސްވުމުން ވެސް ފާފަކުރަމުން ގެންދާނަމަ ދެއްވަވާނެ ޢަޛާބުގެ ބޮޑުކަމަށް ބިރުވެތިވާށެވެ! މަރުގާތްވާކަމުގެ އިންޒާރު ލިބި ބިރުވެތިނުވާ މީހުންނަށް ހުރި ނުރައްކަލުގެ ބޮޑުކަމާއެވެ!

މީސްތަކުންނޭވެ! ޢުމުރުން ދުވަސްވުމުން ﷲ ތަޢާލާ އަހުރެމެންނަށް ތަފާތޔު އިންޒާރުތައް ދެއްވަވަނީ ހަމަ އަހުރެމެންގެ ފައިދާއަށެވެ. އަހުރެމެންނަށް ރަޙުމްކުރެއްވެވުމަށެވެ. ނަރަކައިން ސަލާމަތްކަން ހޯދަން ފުރުޞަތު ފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ބުއްދިވެރިއަކު ކަމުގައި ވެވޭނީ އެއިންޒާރުތައް ބަލައިގަނެ ޢަމަލުތައް އިޞްލާޙްކޮށް ސުވަރުގެ ލިބިގަންނަ މީހުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން