ދަރިންނާ މުޢާމަލާތުކުރުމުގަ ހެދޭ ގޯހުގެ ސަބަބުން ދަރިންނަށް ގެއްލުން ލިބުމުގެ އިތުރުން ބެލެނިވެރިންނަށްވެސް ގެއްލުން ލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދަރިންނާ މުޢާމަލާތުކުރުމުގަ ހެދޭ ގޯހުގެ ސަބަބުން ދަރިންނަށް ގެއްލުން ލިބުމުގެ އިތުރުން ބެލެނިވެރިންނަށްވެސް ގެއްލުން ލިބޭނެ!: މުފްތީ މެންކް

މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ވަރަށް ބޮޑަށް އިހްމާލްވެވޭ ކަމެއް އެބަ އޮވެއެވެ. އެއީ ދަރިންނާއި މުޢާމަލާތުކުރެވޭ ގޮތެވެ.  

މިހެން މިބުނަނީ ބުރަކޮށް މަސައްކަތްކުރާ ވަޤުތެއްގައި ނުވަތަ ފިކުރުބޮޑުވެފައި ހުއްޓައި ދަރިއަކު ސުވާލެއް ކޮށްފިނަމަ ނުވަތަ ވާހަކަ ދައްކަން އުޅެފިނަމަ ވަރަށް ގިނަ ފަހަރަށް އޮންނަނީ ރުންކުރު ޖަވާބެއް ދެވިފައެވެ. އެކަމުން ދަރިފުޅަސް ކުރާނެ ނޭދެވޭ އަސަރާއިމެދު ވިސްނައެއް ނުލެވެއެވެ. ޤަބޫލުކުރެވިފައި އޮންނަނީ އެގޮތަށް ކަންކަން ކުރިނަމަވެސް ދަރިންނަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.  

ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެދަރިފުޅު ބޮޑުވެ މައިންބަފައިން މުސްކުޅިވާދުވަހު މައިންބަފައިންނާއި އެދަރިން ހަމައެގޮތަށް މުޢާމަލާތުކުރުން އޮންނާނީ ވަރަށް ގާތުގައެވެ. އަދި އެދަރިންގެ ޙަޔާތުގެ ބައިވެރިންނާއި އަދި އެދަރިންނަށް ލިބޭ ދަރިންނާއިވެސް ހަމައެފަދައިން މުޢާމަލާތު ކުރެވުންވެސް އޮންނަނީ ވަރަށް ގާތުގައެވެ.  

ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރަން ހުރިނަމަވެސް، އަދި ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުރިނަމަވެސް ދަރިންނާއި މުޢާމަލާތުކުރަންވާނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އޯގާތެރިކަމާއިއެކުގައެވެ. ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ދަރިންނަށް ދެއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ވިސްނައިލާށެވެ! ބެލެނިވެރިންނަށް މަސައްކަތްބުރަވަނީވެސް ކަންބޮޑުވާންޖެހޭ ޙާލަތު ކުރިމަތިވަނީވެސް އެއްވެސް ދަރިއެއްގެ ސަބަބުން ކަމަށް ދެކެގެން ނުވާނެއެވެ. އެފަދަ ކަމެއް މެދުވެރިވުމުގައި ދަރިންގެ އެއްވެސް ކުށެއް ނުއޮންނާނެއެވެ. އޮތްނަމަ އޮތް މައްސަލައެއް އޮންނާނީ ބެލެނިވެރިންގެއެވެ. ވީމާ ދަރިންނަށް އެކަންކަން ފިލުވައިލުން ވާނީ ދަރިންނަށް ކުރެވޭ ވަރަށް ބޮޑުއަނިޔާއަކަށެވެ.  

މިކަމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން